ލައިފްސްޓައިލް

ޓެސްޓް ޕޭޕަރަކުން އެންމެ މާކް އެއް ލިބުމުން އުފާވެއްޖެ

މި ޒަމާނުގައި އެކި ވައްތަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވުން ވަނީ އާންމުވެފަ އެވެ. މީގެން ބައެއް ވީޑިއޯ ތަކަކީ ހީނ ހީނ ބަނޑަށް ތަދުވާ ވަރުގެ ވިޑިއޯ ތަކެވެ. އަނެއް ބައި ވީޑިއޯތައް ބަލާފައި ލޮލުން ކަރުނަ އަންނަހާ އަސަރުގަދަ އެވެ. އަދި ވަރަށް މައުލޫލާތު މުއްސަނދި ވީޑީއޯތަކާއި އާންމު ޚަބަރުތަކުގެ ވީޑިއޯތައް ވެސް ވައިރަލް ވަމުން ދެއެވެ. މިފަހަރު ވައިރަލް ވެގެން އުޅެނީ މީގެ ތެރެއިން ހެއްވާ މަޖާ ކެޓަގަރީގައި ހިމެނޭ ވަރަށް ވެސް މަޖާ ވީޑިއޯ އެކެވެ.

އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ މި ވީޑިއޯގައި ފެންނަނީ ކިޔަވާ ކުއްޖަކު އޭނާގެ މާކްސް ޝީޓް ދައްކައިގެން ހުއްޓަ އެވެ. ފަސްދޮޅަސް މާކްސްގެ ޕޭޕަރަކުން މިކުއްޖާއަށް ލިބިފައިވަނީ އެންމެ މާކް އެކެވެ. އެންމެ މަޖާ ކަމަކީ ކުއްޖާއަށް އެންމެ މާކް އެއް ވެސް ލިބުނީތީ އޭނާ އުފާވެފައި ހުރި ވަރު ފެނުނީމަ އެވެ.

މި ވީޑިއޯ ބަލާފައި ވަރަށް ގިނަ މީހުން އެ ކުއްޖާ އާ ވަރަށް ހެއްވާ ސުވާލުތައް ކުރިމަތިކޮށްފައި ވެއެވެ. އެތަނުން އެކަކުގެ ސުވާލަކީ އެހާ އިތުބާރު އެ ކުއްޖާ ހޯދީ ކޮންތާކުންތޯ އެވެ.

މިކުއްޖާ މިހާ އިތުބާރާއި އުފަލާއެކު ޕޭޕަރު ދައްކާލައިގެން ހުރި ގޮތުން މި ސުވާލު އޭނާއާ ކޮށްލުން ހަމަ ވަރަށް މުނާސަބު ކަމަށް ބެލެވެ އެވެ.
މި ވީޑިއޯއަށް 25 ލައްކަ އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާއިރު 13 ކްރޯޑަށް ވުރެ ގިނަ މީހުން ބަލާފައި ވެއެވެ.

"ވަރަށް ރަނގަޅު. ތިގޮތަށް ދިރިއުޅުމުގައި ވެސް ކުރިޔަށްދޭ،" އިތުރު މީހެއްގެ ކޮމެންޓުގައި ވެއެވެ.