މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޯލެވަލް އިމްތިހާން ފަށައިފި

May 4, 2022

މިއަހަރު ބާއްވާ އޯލެވަލް އިމްތިހާން މިއަދު ފަށައިފި އެވެ.

މި އިމްތިހާންގައި 239 ސެންޓަރަކުން 5،939 ދަރިވަރުން ގެންދަނީ މިއަހަރު އިމްތިހާން ހަދަމުންނެވެ.

ކޮވިޑް 19ގެ އުދަގުލުގައި މިދިޔަ އަހަރު ބޭއްވި އޯލެވަލް އިމްތިހާންގައި ޖުމްލަ 235 ސެންޓަރަކުން 5،955 ދަރިވަރުން ބައިވެރިވި އެވެ.

މިއަހަރުގެ އިމްތިހާން ކުރިއަށްދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޯލެވަލް އިމްތިހާން މިއަދު ފެށި ނަމަވެސް މި އިމްތިހާންގެ ތެރޭގައި ހިމެނޭ އާޓް އެންޑް ޑިޒައިން މާއްދާ ކިޔެވި ދަރިވަރުންގެ އިމްތިހާން ވަނީ މިދިޔަ މަހުގެ 13 އިން 14 އަށް ބާއްވާފަ އެވެ. އެ އިމްތިހާންގައި 181 ދަރިވަރުން ބައިވެރިވި އެވެ.

އޯލެވަލް އިމްތިހާނާ އެކު އޯލެވެލްއާއި އައިޖީސީއެސްއީގެ އިތުރުން އިސްލާމާއި ދިވެހި ހިމެނޭ އެސްއެސްއީ އިމްތިހާން ވެސް ކުރިއަށްދާނެ އެވެ.

ދަރިވަރުންގެ ނަތީޖާތައް ރަނގަޅުކުރުމުގެ ގޮތުން ގިނަ ސްކޫލުތަކެއްގައި ގުރޭޑް ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ރަސްމީ ކްލާސްތަކުގެ އިތުރުުން ވަކިވަކި މާއްދާތަކުގެ ފަންނީ ބޭފުޅުންނާ އެކު ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިޔަ އެވެ. އަދި ބައެއް ސްކޫލުުތަކުގައި ސްޓަޑީ ކޭމްޕްތައް ވެސް ބޭއްވި އެވެ.