ގަރާޖެއްގައި އޮތް ކާރެއްގައި ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. ރޯވެފައިވަނީ ގަރާޖުގައި އޮތް ކާރެއްގައި ކަމަަށްވެސް ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ސިފައިން ދަނީ ބަލަމުންނެވެ. އަލިފާން ނިއްވާލެވުނުއިރު ކާރު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.
މިދިޔަ ހަފްތާގައިވެސް ގަރާޖެއްގައި ރޯވެ ބޮޑެތި ގެއްލުން ވަނީ ވެފައެވެ.