މިނިސްޓްރީ އޮފް ހެލްތު

އިތުރު 19 ރަަށަކަށް އެމްބިއުލާންސް ފޮނުވަނީ

އެމްބިއުލާންސް ބޭނުންވާ ރަށްތަކަށް ފޮނުވަން ހާއްސަކޮށްގެން އެންމެ ފަހުން ގެނައި އެމްބިއުލާންސްތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ 19 ރަށަކަށް އެމްބިއުލާންސް ފޮނުވުމުުގެ މަސައްކަތް ކުރަމުންދާ ކަމަަށެވެ. މިފަހަރު އެމްބިއުލާންސް ފޮނުވަނީ ހއ. މުރައިދޫ އާއި ހއ. އިހަވަންދޫ އާއި ހދ. ނޮޅިވަރަންފަރާއި ށ. މާއުނގޫދޫ އާއި ނ. ހޮޅުދޫ އާއި ނ. ލަންދޫ އާއި ނ. ހުޅުދުއްފާރާއި ބ. ކަމަދޫ އާއި ބ. ހިތާދޫ އާއި ކ. ހިންމަފުއްޓާއި ކ. ގުޅި އާއި އދ. އޮމަދޫ އާއި ދ. ބަނޑިދޫ އާއި ދ. ހުޅުދެއްޔާއި ތ. ގުރައިދޫ އާއި ލ. ފޮނަދޫ އާއި ގއ. ދެއްވަދޫ އާއި ގދ.ގައްދޫގެ އިތުރުން ގދ. ހޯޑެއްދޫ އެވެ.

ފާހަގަކޮށް އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެއަށް ގެނެސް ރަށްތަކާ ހަވާލުކުރަން ސަރުކާރުން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެސްޓީއޯ އިން ވަނީ އެ އަދަދަށް އެމްބިއުލާންސް ގެނެސްފައެވެ.