އެމްއެމްއޭ

އަހަރު ދުވަހުން ބޭންކުތަކުގެ އެސެޓް 23 ޕަސެންޓް އިތުރުވެއްޖެ

May 6, 2022
1

އަހަރު ދުވަހުގެ ތެރޭ ރާއްޖޭގެ ބޭންކުތަކުގެ ޖުމްލަ އެސެޓް 23 ޕަސެންޓަށް އިތުރު ވެއްޖެ އެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭންކްތަކުގެ ޖުމްލަ އެސެޓް ވަނީ 79.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ 2020 ނިމުނުއިރު ބޭންކްތަކުގެ އެސެޓްހުރި 64.2 ބިލިއަން ރުފިޔާއާ އަޅާ ބަލާނަމަ 15.1 ބިލިއަން ރުފިޔާ ނުވަތަ 23 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މި މުއްދަތުގައި ބޭންކްތަކުގެ ޑިޕޮސިޓް ވަނީ އިތުރުވެފަ އެވެ. ބޭރު ފައިސާގެ ޖަމާ 26 ޕަސެންޓް އިތުރުވެ ދިވެހި ފައިސާގެ ޑިޕޮސިޓް ވަނީ 29 ޕަސެންޓް އިތުރުވެފަ އެވެ. ޖުމްލަ ޑިޕޮސިޓް ވަނީ 27 ޕަސެންޓް އިތުރުވެ 52.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

އަހަރު ދުވަހަށް ބަލާއިރު ނޮން ޕާފޯމިން ލޯން ނުވަތަ އުފެއްދުންތެރި ނޫން ލޯނުގެ ނިސްވަތް ވަނީ 12 ޕަސެންޓަށް ދަށްވެ ހުރީ 273.5 މިލިއަން ރުފިޔާގަ އެވެ. އަދި ބޭންކްތަކުގެ ޕްރޮފިޓް ވަނީ 4.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.