ސިއްހަތު

ބަރަބޮލުން ހިތުގެ ބަލިތަކާ ދުރުކޮށްދޭ

ބަރަބޮލަކީ މަޑުކަމެއް ހުންނަ ނިއުޓްރިޝަންއިން ފުރިގެންވާ ކާނާ އެކެވެ. އޮރެންޖް ކުލައިގެ މި ތަރުކާރީގައި ގިނައީ މިނަރަލްސްއާއި ވިޓަމިންސް އެވެ. ބަރަބޮލުން އެތައް ފައިދާއެއް ކުރާއިރު ތަފާތު ވައްތަރުގެ ސޫޕާއި ސެލެޑާއި އަދި ފޮނި ކާއެއްޗެތި ތައްޔާރު ކުރެވެ އެވެ.

ބަރަބޮލުން ލިބޭ ފައިދާތަކުގެ ތެރޭގައި، ވަކި ވައްތަރެއްކެ ކެންސަރަށް މަގުފަހިވާ ސެލްސްތައް ނައްތާލައި ދިނުމާއި ނޭވާހިތްލާ މީހުނަށާއި ހިތުގެ ބަލިތަކަށް ފަރުވާގެ އިތުރުން އުމުރުން ދޮށީމީހުންނަށް ޖެހޭ ބަލިތަކަށް ލުއި ލިބޭ ކަމަށް ދިރާސާތަކުން ދައްކައެވެ. ބަރަބޮލުގައި ހިމެނޭ ފައިބާ އާއި ޕޮޓޭސިއަމް އަދި ވިޓަމިންސީ އަކީ ހިތުގެ ބަލިތަކުން މީހާ ދުރުކޮށްލައިދޭ ވަސީލަތެކެވެ.

ދިރާސާއިން ދައްކާގޮތުގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ޕޮޓޭސިއަމް ބޭނުން ކުރެވިއްޖެނަމަ ލޭގެ ޕްރެޝަރުގެ މައްސަލަތަކުން ސަލާމަތްވެވެއެވެ. އަދި 2014 ގައި ޖަޕާނުގައި ހެދި ދިރާސައަކުން ދައްކާގޮތުގައި ބެޓާ ކެރޮޓިން، ކޮލޮން ކެންސަރަށް މަގުފަހިކޮށްދޭ ސެލްސްތަކުން ރައްކާތެރި ކޮށްދެ އެވެ. ހޯދުންތަކުން އިނގިފައިވަނީ ވިޓަނިމް ސީ އަދި އީ އާއި ބެޓާ ކެރޮޓިން އިން އުމުރުން ދުވަސް ވެފައިވާމީހުންނަށް ޖެހޭ ލޮލުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެވެ.