މޯލްޑިވްސް ކަސްޓަމްސް ސާވިސް

ރާއްޖެ އެތެރެކުރި އެއްކިލޯގެ ޑުރަގު އަތުލައިފި

May 8, 2022

ކޫރިއަ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި 1.36 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އެ ތަކެތި އަތުލައިގަތީ ކޫރިއަ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރްސަލްތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި ވައިގެ މަގުން ޕާރުސަލް ރާއްޖެ އެތެރެކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ޕާރުސަލްގައި ހުރި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފެޓަމައިން އަށް އެ ތަކެތި ޕޮޒިޓިވް ވެފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު 1.36 ކިލޯގެ މަސްތުވާތަކެތީގެ އަގު ފަސްލައްކަ ރުފިޔާ އަށް އަރާ ކަމަށެވެ.

ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލު ކޮށްފަ އެވެ.