އެމްޓީސީސީ

ބަސް ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް ހުޅުވާލައިފި

May 8, 2022
1

އެމްޓީސީސީން ކުރިއަށް ގެންދާ "ހުނަވަރު" ޕްރޮގާރާމްގެ ދަށުން ބަސް ޑްރައިވަރުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމުގައި މިފަހަރު 10 މީހުން ތަމްރީން ކުރުމަށް އެމްޓީސީސީން ނިންމާފައިވެ އެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ބީ1 ނުވަތަ ބީ2 ކެޓަގަރީގެ ލައިސަންސް ހާސިލްކޮށްފައިވާ ދިވެއްސެއް ނަމަ މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.

މިޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މިރޭ މެންދަމު 12:00ޖެ ޖެހުމުގެ ކުރިން ކަމާ ގުޅޭ ލިޔުންތައް ހުށަހަޅަންޖެހެ އެވެ.

ތަމްރީން ޕްރޮގްރާމު ކުރިއަށްދާ މުއްދަތުގައި ކޮންމެ ބައިވެރިޔަކަށް ވެސް 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެ އެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ތަމްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮންމެ ހަފްތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރު އެވެ.

އެމްޓީސީސީގެ "ހުނަވަރު" ޕްރޮގާރާމްގެ ދަށުން އެކި ދާއިރާތަކަށް ބޭނުންވާ އެތައް ބަޔަކު މީގެކުރިން ވެސް ތަމްރީން ކޮށްފައިވެ އެވެ.