ދުނިޔެ

އިންޑިއާގައި 624 މިލިއަން ޑޮލަރު ޓޮޔޮޓާ އިންވެސްޓް ކުރަނީ

ޖަޕާންގެ ޓޮޔޮޓާ ގުރޫޕުން 48 ބިލިއަން ރުޕީޒް، 624 މިލިއަން ޑޮލަރު އިންޑިއާގައި އިންވެސްޓް ކުރާނެ ކަމަށް ބުނެފި އެވެ. ޓޮޔޮޓާއިން އިންވެސްޓް ކުރަނީ ކަރަންޓް ކާރުގެ ބައިތައް އުފެއްދުމަށެވެ.

ޓޮޔޮޓާ ކުންފުނިން ބުނީ އުންމީދަކީ 2050 ލައިގަތުމުގެ ކުރިން ކާބަން ނިއުޓްރަލް ކުންފުންޏަކަށް ބަދަލުވުން ކަމަށެވެ. އެގޮތުން ކުންފުނިން އުފައްދާ އެއްގަމު އުޅަނދުތައް ކަރަންޓް ވެހިކަލްތަކަށް ބަދަލު ކުރުމަށްޓަކައި އިންޑިއާގައި، މަސައްކަތުގެ އަގުހެޔޮ ގައުމެއްގައި އިންވެސްޓްކުރަނީ ކަމަށެވެ.

އިންޑިއާގައި ކާރުޚަނާތައް ބިނާ ކުރުމުގައި ޓޮޔޮޓާގައި ބާރުގަދަ ގޮފިތައް، ޓޮޔޮޓާ މޯޓަރު އަދި ޓޮޔޮޓާ އޮޓޯ ޕާޓްސް ބައިވެރިވާނެ ކަމަށް ކުންފުނިން ބުނެ އެވެ.

މިސަރައްދުގައި ބާރުގަދަ ސިނާއީ ނާރެހަކަށް ވުމަށް އިންޑިއާ ކުރާ މަސައްކަތްތަކަށް މަޝްހޫރު ކުންފުނިތަކުން ދަނީ އެއްބާރުލުން ދެމުންނެވެ. ޓޮޔޮޓާ ކަރަންޓް ކާރަށް ބޭނުންވާ ބައިތައް، ބެޓެރީ ވެސް ހިމެނޭ ގޮތުން އިންޑިއާގައި އުފައްދަން ފެށުމުން އިންޑިއާއަށް އަދި މި ސަރަހައްދުގެ ގައުތަކަށް މާކެޓް ހުޅުވާޅާނެ ކަމަށް ވެސް ޓޮޔޮޓާ ބުނެ އެވެ.

ޓޮޔޮޓާއިން ބުނީ އިންޑިއާގައި މަސައްކަތްތައް ފަށައިގަތުމާއެކު 3.500 ވަޒީފާ މުޅިން އަލަށް އުފެދޭނެ ކަމަށެވެ. އަދި އިތުރު މުވައްޒަފުން ތަމްރީން ނުކޮށް ފެކްޓަރީތަކުގައި މަސައްކަތް ފުރިހަމަނުވާނެ ކަމަށެވެ.

މިއީ އިންޑިއާއަށް ވަރަށް މުހިންމު އިންވެސްޓްމަންޓަކަށް ވާނެ ކަމަށް އަންދާޒާކުރާ މީހުން ބުނެ އެވެ. އަދި ވާދަވެރިކަމުގައި ޗައިނާއާ އަޅަން ކިޔަން ޖެހިފައި އޮތްއިރު ޓޮޔޮޓާ ފެކްޓަރީތައް ހިނގަން ފެށުމުން ޗައިނާއަށް ވުރެ އަވަހަށް ތިމާވެއްޓާ ރައްޓެހި ގައުމަކަށް އިންޑިއާއަށް ވެވޭނެ ކަމަށެެވެ.