ބޮލީވުޑް

15 މަސް ތެރޭ އަރްޖުންގެ ހަށިގަނޑު ރީތި ކޮށްލައިފި

އަރްޖުން ކަޕޫރު ހިކެން ކުރި މަސައްކަތަކީ މިކަން ނުކުރެވިގެން އުޅޭ އެންމެންނަށް ވަރަށް އާ ހިތްވަރަކަށް ވާނެ އެވެ. އެންމެ ޅައިރުއްސުރެ ފިލްމު ކުޅެން ފެށުމާ ހަމަޔަށް ވެސް އަރްޖުން ހުރީ ވަރަށް ފަލަކޮށެވެ. އޭނާ ވަކި ވަރަކަށް ހިކުނީ ފިލްމު ކުޅެން ބޭނުން ވެގެނެވެ.
މިހާރު އަނެއްކާވެސް "އިޝަގްޒާދޭ" އެކްޓަރު މިވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް ކުރިޔަސް ވުރެ ވެސް ހިއްކާލައި އަދި ގައިގެ މަސްތައް ވަރުގަދަ ކޮށްލާފަ އެވެ.

އަރްޖުންގެ ހަށިގަނޑު މިހާރު ހުރި ގޮތް ދައްކާލުމަށް ފޮޓޯތަކެއް ޝެއާ ކުރަމުން އޭނާ ބުނި ގޮތުގައި ހަށިގަނޑަށް މިހާ ބޮޑު ބަދަލެއް ގެނެވުނީ 15 މަސް ދުވަހު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

އޭނާ ވަނީ ފެބްރުއަރީ 2021 ގައި ނަގާފައިވާ ފޮޓޮއަކާއި މޭ 2022 ގައި ނަގާފައިވާ ފޮޓޮއެއް ޝެއާކޮށް އޭނާ ހަށިގަނޑަށް އައި ބޮޑު ބަދަލު ވަޒަން ކޮށްލަން ފޭނުންނާ ހަވާލު ކޮށްފަ އެވެ.

އޭނާ ލިޔެފައިވާ ގޮތުގައި މިވަރަށް ހަށިގަނޑަށް ބަދަލު ގެނައުމަކީ ވަރަށް ބުރަ މަސައްކަތެކެވެ. ނަމަވެސް އޭނާގެ މިހާރުގެ ހަށިގަނޑު ދެކެ ވަރަށް ލޯބިވާ ކަމަށާއި ވަރަށް ހިތްހަމަޖެހޭ ކަމަށް އަރްޖުން ލިޔެފައި ވެއެވެ.

"އަހަރެން އުންމީދު ކުރަން މިގޮތަށް ހަށިގަނޑު އަބަދުވެސް ހުންނާނެ ކަމަށް،" އަރްޖުންގެ މެސެޖުގައި ވެއެވެ.

އަރްޖުން މި ފޮޓޯތައް ޝެއާ ކުރުމާއެކު އެންމެ ފުރަތަމަ ކޮމެންޓުކުރި އެކަކީ އެކްޓަރު ރަންވީރު ސިންގް އެވެ. ރަންވީރު ބުނީ "ހައި ގަރްމީ" އެވެ. (ހާދަ ހޮޓޭ) އެވެ.

ޕަރިނީތީ ޗޯޕްޅާ އާއި ކްރީތީ ސެނޯން އަދި ރަކުލް ޕްރީތު ޒިންގް އާއި ދިއާ މިރްޒާ ފަދަ ބަތަލާއިން ވެސް އަރްޖުންގެ މި ޕޯސްޓަށް މަޖާ ކޮމެންޓުތައް ކޮށްފައި ވެއެވެ. އަދި ވަރުން ދަވަން އަށް ވެސް މި ފޮޓޯތައް ވަރަށް ކަމުގޮސްގެން ކޮމެންޓް ކޮށްފައި ވެއެވެ.

އަރްޖުން ކުރަމުންދާ ފިލްމީ މަސައްކަތަށް ބަލާއިރު "އޭކް ވިލަން ރިޓާންސް"، "ކުއްތޭ"، އަދި "ދަ ލޭޑީ ކިލާ" ކުރިޔަށް ރިލީޒްވާން އެބައޮތެވެ.