ބޮލީވުޑް

ޕަރިނީތީ ބުނަނީ ޕްރިޔަންކާ އަކީ ހިތްވަރުގަދަ މަޔެކޭ

ޕްރިޔަންކާ އާއި ނިކް އަދި އެމީހުންގެ ދަރިފުޅު
0%
0%
0%

މަންމައިންގެ ދުވަހާ ގުޅުވައިގެން ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް ވަނީ އިންސްޓަގްރާމްގައި ވަރަށް މުހިއްމު ފޮޓޯއެއް ޕޯސްޓްކޮށްފަ އެވެ. މި ފޮޓޯގައި ވަނީ އޭނާ އާއި ފިރިމީހާ ނިކް ޖޯނަސް އަދި އެމީހުންނަށް ދާދި ފަހުން ލިބިފައިވާ ތުއްތު އަންހެން ދަރިފުޅު މާލްތީ މާރީ ޗޯޕްޅާ ޖޯނަސް އެވެ.

މި ފޮޓޯ ޝެއާ ކުރުމާއެކު ބޮލީވުޑްގައި ތިބި ޕްރިޔަންކާގެ އެކުވެރިން ތުއްތު ބޭބީއަށް ލޯތްބާއި ހެޔޮ އެދުންތައް ފޮނުވާފަ އެވެ. ޕްރިޔަންކާގެ ދެބެންގެ ދެ ދަރި އަދި ފިލްމީ ބަތަލާ ޕަރިނީތީ ޗޯޕްޅާ ވެސް މި ފޮޓޮޔަށް ކޮމެންޓްކުރި އެވެ.

"ފާއިތުވީ ތިން މަސް ދުވަހު ތި ދެ މައިން ހޮސްޕިޓަލުގައި ތި ކުރި ހިތްވަރު ފެނިފައި ވަރަށް ހިތްވަރު ލިބިއްޖެ. ހަގީގަތުގައި ވެސް އަހަންނަށް ހޮސްޕިޓަލުން ފެނުނީ ހިތްވަރުގަދަ ސިފައިންގެ މީހެއް. އަދި ތުއްތު ބޭބީ ނޭނގި ނަމަވެސް އޭނާ ވަނީ އަހަރެމެންނަށް ވަރަށް ގިނަ ކަންކަން ދަސްކޮށްދީފައި،" ޕަރިނީތީގެ ކޮމެންޓުގައި ބުނެފައި ވެއެވެ.

ޕްރިޔަންކާގެ ދަރިފުޅު މާލްތީ އުފަންވީ ދުވަސް ނުފުރާ ކަމަށް ވެފައި އޭނާގެ ސިއްހީ މައްސަލަތަކެއް ހުރުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ދުވަސް ހޮސްޕިޓަލުގެ ކުޑަކުދިންގެ އައިސީޔޫގައި ހޭދަ ކޮށްފައި ވެއެވެ. އަދި މިހާރު ތުއްތު ބޭބީ ވަނީ ރަނގަޅު ވެގެން އޭނާގެ މައިންބަފައިންގެ ކައިރިއަށް ގެޔަށް ބަދަލުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345