ޕަރިނީތީ ޗޯޕްޅާ

ޕަރިނިތީ ރާއްޖެ އައީ ހަނީމޫނަކަށް ނޫން

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕަރިނީތީ ޗޯޕްރާ ކައިވެނިކުރުމަށްފަހު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

ކައިވެނިކުރި ފަހުން އަދި މާގިނަ ދުވަސްތަކެއް ނުވާތީ ޕަރިނިތީ ރާއްޖެ އައީ ހަނީމޫނަށް ކަމަށް ބައެއް މީހުންނަށް ހީވި އެވެ.

ނަމަވެސް ޕަރިނިތީ އިންސްޓަގްރާމުގައި ބުނި ގޮތުގައި މިއީ "ގާލްސް ޓްރިޕް" އެކެވެ.

ރާއްޖޭގައި ޕަރިނިތީ ޗުއްޓީ ހޭދަކުރަނީ ކޮން ބަޔަކާ އެކު ކަމެއް ސީދާ އޭނާ ބުނެފައެއް ނުވެ އެެވެ.

ޕަރިނިތީ މިދިޔަ ހޯމަ ދުވަހު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަނީ އަގުބޮޑު ރިސޯޓެއް ކަމަށްވާ ވޮލްޓޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގަ އެވެ.

ޕަރިނިތީ ކައިވެނިކުރީ އޭނާގެ ޒަމާންވީ ރަހްމަތްތެރިޔެއް ކަމަށްވާ އިންޑިއާގެ ސިޔާސީ ލީޑަރު -- ރަގަވް ޗާދާއާ އެވެ.