ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އިންޑިޔާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އޭއޭޕީގެ އެމްޕީ ރާގަވް ޗައްޑާ ކައިވެނިކޮށްފި އެވެ.
އުދެއިޕޫރުގައި އިއްޔެ ބޭއްވި މި ކައިވެނީގެ ހަފުލާގައި އިންޑިއާގެ ސިޔާސީ ބައެއް ބޭފުޅުންނާއި ބޮލީވުޑްގެ ފަންނާނުން ބައިވެރިވި އެވެ.
އެގޮތުން ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް އާއި ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގްވަންތު މާން މި ކައިވެނި ހަފުލާގައި ބައިވެރިވި އެވެ.
ޕަރިނީތީ އާއި ރާގަވްގެ އެންގޭޖްމަންޓް ޕާޓީ ބާއްވާފައިވަނީ މިއަހަރުގެ މޭ މަހު އެވެ.
އެންގޭޖްވުމާ ހަމަޔަށް ވެސް އެމީހުންގެ އޮތް ލޯބީގެ ގުޅުމުގެ ވާހަކަތައް ޕަރިނީތީ އާއި ރާގަވް ނުދައްކަ އެވެ. ދެ މީހުންނަކީ ސްކޫލް ދައުރުއްސުރެ ދެ ރައްޓެހިންނެވެ.