ބޮލީވުޑް

ޕްރިޔަންކާގެ ތައުރީފާއެކު ޕަރިނީތީ އުފަލުން

ޕަރިނީތީގެ އާ ފިލްމް ޓީޒާއަށް ޕްރިޔަންކާ ވަނީ ތައުރީފުކޮށްފައި
0%
0%
0%

ޕަރިނީތީ ޗޯޕްޅާގެ އާ ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން" ގެ ޓީޒާ ބަލާފައި އޭނާގެ ދެބެންގެ ދެ ދަރި ދައްތަ ޕްރިޔަންކާ ޗޯޕްޅާއަކަށް އެ ފިލްމުގެ ވާހަކަ ދައްކައި ޕަރިނީތީއަށް ތައުރީފު ނުކޮށެއް ނުހުރެވުނެވެ.

އެ ފިލްމުގެ ޓީޒާ ޝެއާކޮށް ކުރި ޓުވީޓްގައި ޕްރިޔަންކާ ބުނެފައި ވަނީ ޕަރިނީތީއަށް ޓަކައި ފަޚުރުވެރިވާ ކަމަށެވެ. އަދި އެ ފިލްމު ވަރަށް ބަލާލާހިތުން ކެތްތެރިކަމެއް ނެތި އިންޒާރުކުރާ ކަމަށެވެ.

އޭނާގެ މިމީ ދީދީ -- ޕްރިޔަންކާއަށް ޕަރިނީތީ ލޯބިން ކިޔާ ނަން -- ގެ މެސެޖާއެކު ޕަރިނީތީ އުފަލުން އެ މެސެޖުގެ ޖަވާބު ވަގުތުން ދީފައި ވެއެވެ.

"މިމީ ދީދީގެ ހިތްހަމަޖެހުމުން އަހަރެންނަށް ދެން އަރާމުގައި ނިދާލެވޭނެ،" ޕަރިނީތީގެ ޓުވީޓްގައި ބުނެފައި ވެއެވެ.

"ދަ ގާލް އޮން ދަ ޓްރެއިން" ސްޓްރީމްކުރަން ހަމަޖެހިފައި ވަނީ ނެޓްފްލިކްސް އިން އަންނަ ފެބްރުއަރީ 26 ވަނަ ދުވަހުން ފެށިގެންނެވެ. ކުރިން މި ފިލްމު ރިލީޒް ކުރަން އޮތީ މޭ 2020 ގައެވެ. ނަމަވެސް ކޮރޯނާވައިރަސް ޕެންޑެމިކް އާ ހެދި ލަސްވީ އެވެ.

މި ފިލްމަކީ ޔޫކޭގައި ހިނގާ ހާދިސާތަކަކަށް ބިނާ ކޮށްފައި އޮތް ފިލްމެކެވެ. ޕަރިނީތީގެ އިތުރުން އަދިތީ ރާއޯ ހައިދްރީ އާއި ކިރްތީ ކުލްހާރީ އަދި އަވިނާޝް ތިވާރީ މިފިލްމުގައި މުހިއްމު ބައިތަކެއް ކުޅެފައި ވެއެވެ.

"ދަ ގާލް އޮން ދަ ޓްރެއިން" ގެ ހޮލީވުޑް ފިލްމުގައި ބަތަލާގެ ރޯލު ކުޅެފައި ވަނީ އެމިލީ ބްލަންޓް އެވެ. ޑައިރެކްޓްކުރީ ޓާޓޭ ޓޭލާ އެވެ. މި ފިލްމު ރިލީޒްކޮށްފައި ވަނީ 2016 ގައެވެ.

"ދަ ގާލް އޮން ދަ ޓްރެއިން" އަކީ މާޑާ މިސްޓްރީ އެކެވެ. މީހެއްގެ މަރުގެ އިލްޒާމު ބޮލުގައި އެޅި އެކަމުން ސަލާމަތް ނުވެގެން ޕަރިނީތީ ކުރާ މަސައްކަތް މި ފިލްމުން ފެންނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345