މިނިސްޓްރީ އޮފް އެޑިއުކޭޝަން

ނޫމަރާ ސްކޫލަށް ޖާގަ އިިތުރުކުރަން ނެކްސްޓާއާ ހަވާލުކޮށްފި

May 10, 2022
1

ށ. ނޫމަރާ ސްކޫލުގެ ޖާގަ އިތުރުކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫއު ހަވާލުކުރީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު އެވެ.

މިމަޝްރޫއުގެ ދަށުން ނޫމަރާ ސްކޫލުގައި ހަތަރު ކްލާސް ރޫމު އެޅުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

ނެކްސްޓާއާ މަޝްރޫއު ހަވާލުކޮށްފައިވަނީ 4.7 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރަންޖެހެނީ 109 ދުވަސް ތެރޭގަ އެވެ.