ޓޫރިސްޓް އެރައިވަލް

މިދިޔަ އަހަރަށްވުރެ ދެ ލައްކަ ޓޫރިސްޓުންގެ އިތުރުވުމެއް

May 11, 2022

މި އަހަރު އައި ޓޫރިސްޓުންގެ އަދަދު ހަ ލައްކައަށް އެރިއިރު މިހާތަނަށް ޓޫރިޒަމަށް 50 ޕަސެންޓަށްވުރެ ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 621,633 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ 413,079 އެވެ. އެހެންވެ މިއީ މިދިޔަ އަހަރަށްވުރެ ދެ ލައްކަ ޓޫރިސްޓުން ނުވަތަ 50 ޕަސެންޓަށްވުރެ ބޮޑު ކުރިއެރުމެކެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޓޫރިޒަމަށް ދެ ލައްކައިގެ އިތުރުމެއް އައިނަމަވެސް މިއީ 2019 ވަނަ އަހަރު އައިސްފައިވާ 681,211 އާ ބަލާނަމަ 8.7 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު ޑެއިލީ އެރައިވަލްސް ނުވަތަ ކޮންމެ ދުވަހު އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 4,819 ގަ އެވެ. ނަމަވެސް މިދިޔަ އަހަރު ޑެއިލީ އެރައިވަލްސް އުޅުނީ 3,202 ގަ އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޔޫއޭ އިންނެވެ. އަދި ދެވަނާގައި އުޅެނީ އިންޑިއާ އެވެ. އަދި ތިން ވަނާގައި އުޅެނީ ރަޝިއާ އެވެ. ނަމަވެސް މި ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު އާއްމުނުކޮށް ޓޫރިޒަމުން ހާމަކޮށްފައިވަނީ ޓޫރިޒަމް އެރައިވަލް ގައުމުތަކުގެ ރޭންކް ތަކެކެވެ.