އިސްލާމިކް މިނިސްޓްރީ

ކުރެންދޫގައި 14 މިލިއަން ރުފިޔާގެ މިސްކިތެއް އަޅަނީ

May 11, 2022

ޅ. ކުރެންދޫގައި މިސްކިތެއް އެޅުމަށް މިމްސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ. މިމްސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ ހިލްމީ އެވެ.

މިމަޝްރޫއުގެ އަގަކީ 14 މިލިއަން ރުފިޔާ އެވެ. މިސްކިތުގެ މަސައްކަތް ނިންމާ 360 ދުވަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރަންޖެހެ އެވެ.

އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ތާރީހަށް މިސްކިތުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން މިމްސް ކުންފުނިން ދީފައިވެ އެވެ.

ކުރެންދޫގައި 2،000 އަށްވުރެ ބޮޑު އާބާދީއެއް އޮތް އިރު މިމްސްއާ ހަވާލުކުރީ 700 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށެވެ.