ގައުމު މިހާރު އޮތް ހާލަތުގައި މަރުކަޒީ ބޭންކެއް ހިންގުމަކީ ކުރެެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އިސްތިއުފާ ދޭން ޖެހިދާނެ ކަމަށް، ލަންކާގެ މަރުކަޒީ ބޭންކުގެ ވެރިޔާ ނަންދަލާލް ވީރާސިންހާ ވިދާޅުވެއްޖެ އެވެ.
ގަވަރުނަރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް، ލަންކާގެ ދާޚިލީ ފޭރާން މިހާރު އޮތް ގޮތަށް އޮންނަން ވެއްޖެ ނަމަ އެމީހަކުވެސް މަގާމުގައި ދެމި ނުހުންނަވާނެ ކަމަށް ނަންދަލާލް ވިދާޅުވި އެވެ.
ނަންދަލާލް ވިދާޅުވި ގޮތުގައި ރައީސް ގޯޓާބެ ރާޖަޕަކްސައަށް މިހާރު ވާނީ ލަފާ އަރުވާފަ އެވެ. އޭނާ އަދި ސިޔާސީ ބޭފުޅުންނަށް ގައުމަށް ދެމެހެއްޓެނިވި ސީދާ ކަމެއް ގެނެވެން ނެތް ނަމަ މަގާމުގައި ދެމިހުންނަވަން ބޭނުންުފުޅު ނުވާ ކަމަށް ވެސް ވާނީ ދަންންވާފަ އެވެ.
ލަންކާ އޮތީ ވަރަށް ބޮޑަށް ދަރަނިވެރި ވެފައިކަން ފާހަގަ ކުރައްވައި ގަވަރުނަރު ވިދާޅުވީ ދަރަނި ދެއްކޭ ވަރު މިވަގުތު ގައުމުގައި ނެތް ނަމަވެސް، އޭގެ މާނައަކީ ލަންކާ މި ހާލަތުގައި އަބަދު އޮންނަން ޖެހުމެއް ނޫނެވެ.
އޭނާ ވިދާޅުވީ ބޭރުގެ ދަރަނި އަދާ ކުރަން ޖެހޭ ކަމަށާއި ސިޔާސީ ގޮތުން އަދި އާންމުގެ ފިކުރު ބަދަލު ކޮށްގެން ނޫން ގޮތަކަށް ގައުމަށް ތަނަވަސްކަމެއް ނެތް ކަމަށެވެ.
ލަންކާގެ އިގުތިސޯދީ ހާލަތު ޚަރާބުވެ އަމިއްލަ ހާލައިގެން ހިނގައި ގަނެވޭވަރު އޮތީ ނުވެފަ އެވެ. މިފަދަ ނިކަމެތި ކަމެއް ގައުމަށް ދިމާވީ ސަރުކާރު ހިންގަން ތިބި ބައެއްގެ ދޯހަޅިކަމުން ކަމަށް އާންމުން ގަބޫލުކުރެ އެވެ.
ރައީސް ގޯޓާބެ ރާޖަޕަކްސަ ވިދާޅުވި ގޮތުގައި ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް މި ހަފުތާގައި އާ ބޮޑުވަޒީރަކު އައްޔަން ކުރައްވާނެ އެވެ. އަދި އިދިކޮޅު ޕާޓީތަކާއެކު އާ ކެބިނެޓަށް އެއްބަސްވެވޭތޯ މަސައްކަތް ކުރައްވާނެ އެވެ.