ވިޔަފާރި

އަހަރުގެ ފުރަތަމަ ޓޫރިސްޓަށް ބޮޑު ސަޕްރައިޒް އެއް!

މިއަހަރުގެ ތެރޭގައި އެންމެ ފުރަތަމަ ރާއްޖެ އައި ޓޫރިސްޓް ފާހަގަ ކޮށް އެމްއެމްޕީއާރުސީ އިން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެ ނަސީބު މިއަހަރު ލިބުނީ މިއަދު ހެނދުނު ފްލައިޓަކުން މާލެ އައި އިނގިރޭސި ރައްޔިތެއް ކަމަށްވާ، ކޭޓީ ހޮލްމްސް އަށެވެ.

ފްލައިޓުން ފައިބައިގެން އައިސް އިމިގްރޭޝަނުން މިއަހަރު އެންމެ ފުރަތަމަ ވިސާ ޖެހި ޓޫރިސްޓަކީ ކޭޓީ އެވެ. ހަޔާތުގައި ގިނަ ދަތުރުތަކެއް ކޮށްފައިވާ ކޭޓީ އަށް، އެމްއެމްޕީއާރްސީގެ މުވައްޒިފުން މާބޮޑިއާ ހަދިޔާތައް ހިފާގެން ހުރި ކަމެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ. އާދައިގެ މަތިން އިމިގްރޭޝަން އިން ވިސާ ޖަހައި ނިންމައިގެން ނިކުތް ކޭޓީ އަށް ރާއްޖެއިން ކީ މަރުހަބާ ފެނިފައި އޭނާ ހުރީ ހަމަ ހަގީގަތުގަ ވެސް ސިހުންވެ ހުއްޓުން އަރައިފަ އެވެ. ރާއްޖޭގެ ހުރިހާ މީޑިއާ ތަކާއި އެތައް ބަޔަކު ކޭޓީގެ ފޮޓޯ ނަގަމުން ދިޔަ އިރު ބޮޑުބެރު ގްރޫޕުގެ ލަވަތަކާއި އެމްއެމްޕީއާރްސީ މުވައްޒިފުން ކޭޓީއަށް އައީ މަރުހަބާ ކިޔަމުންނެވެ. އެ ހުރިހާ ކަމެއް ހިނގީ އިރުވެސް އޭނާ ހުރީ ވާނުވާގަ އެވެ. ދެން އެމްއެމްޕީއާރްސީ މުވައްޒިފުން ކޭޓީއަށް މަރުހަބާ ކިޔައި އަހަރުގެ އެންމެ ފުރަތަމަ ޓުވަރިސްޓު ކަމުގެ ލިޔުން އޭނާއާ ހަވާލުކުރި އެވެ.

އޭނާއަށް ރާއްޖެއިން ލިބުނު ބޮޑު ސަޕްރައިޒްއާ އެކު އުފަލުން ފޮޅިފައި ހުރި ކޭޓީ ބުނީ އެތައް ގައުމަކަށް ދަތުރު ކުރި އިރުވެސް ނުލިބޭހާ ބޮޑު ހިތްހަމަ ޖެހުމެއް އޭނާ އަށް ލިބިއްޖެ ކަމަށެވެ. ސަޕްރައިޒްގެ ސަބަބުން އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ސެލަބްރިޓީއެއް ކަމަށް ހިތައް އެރި ކަމަށް ވެސް ކޭޓީ ބުންޏެވެ. ކޭޓީ ބުނާ ގޮތުގައި އޭނާ އާއިލާ އިން ވެސް އަދި ރަށްޓެހިންގެ ފަރާތުން ވެސް މިކަހަލަ މަރުހަބާއެއް އަދި ނުލިބެ އެވެ. ރާއްޖެ އައުމާ އެކު އުފަލުން އޭނާގެ ހިތް ފުރާލަ ދީފި އެވެ.

"އަހަރެން ރާއްޖެ އައީ އަލަށް. ރާއްޖެއަކީ އަހަރެން ހަޔާތުގައި ދަތުރު ކުރި 50 ވަނަ ގައުމު. ނަމަވެސް މިފަދަ ތަފާތު ބޮޑު މަރުހަބާއެއް އަހަރެންގެ ހަޔާތުގައި އެއްވެސް ގައުމަކުން ނުލިބޭ. އެންމެ ކުޑަމިނުން ބޭރު ގައުމެއްގަ ގިނަ ދުވަހު އުޅެފަ އާއިލާ ކައިރިއަށް ދިޔަސް ކުިޔަާހާ ބޮޑު މަރުހަބާއެއް ރާއްޖެއިން ކިޔައިފި. އަހަންނަށް އެންމެ ފުރަތަމަ ހީވެގެން ދިޔައީ އަހަރެން ހާދަ މައްޝޫރު މީހެކޭ މިއީ،" ކޭޓީގެ އިހުސާސްތައް މީޑިޔާއާއި ކިޔާ ދެމުން ވިދާޅުވި އެވެ.

އިތުރަށް އިހުސާސްތައް ބޭރު ކޮށްލަމުން ކޭޓީ ބުނީ އޭނާއަށް ރާއްޖެއަށް އާދެވުނީ ވެސް ނަސީބަކުން ކަމަށެވެ. އޭނާ ބުނީ އަހަރުގެ ފުރަތަމަ ޓޫރިސްޓަށް ވުމުގެ ލަގަބު އޭނާއަށް ލިބުނީ މިއަދު މެނދުރު ފަހު ފްލައިޓުން އަންނަން ހަމަޖެއްސި ނަމަވެސް މައްސަލަ އެއް ދިމާ ވެގެން ފަތިހު ފުރަން ޖެހުމުންނެވެ.

"އަސްލު އަހަރެން އަންނަން އޮތީ އަހަރެންގެ އެކުވެރިޔާ އާއެކީ މިއަދު މެނދުރު ފަހުގެ ފްލައިޓަކުން. ނަމަވެސް ޓިކެޓް މައްސަލައެއް ޖެހިގެން އަހަރެން ޖެހުނީ ފަތިހު ފުރަން. ވަރަށް މަސައްކަތް ކުރިން މެނދުރުފަހު ފްލައިޓުން ޖާގަ ވެސް ލިބޭތޯ. ނަމަވެސް ކުރި އެކަމެއް ނުވި. އެހެންވެ ކުޑަކޮށް ހިނ ހަމަ ނުޖެހިގެން އަސްލު އައީވެސް. ނަމަވެސް ރާއްޖެ އެރުމާއި އެކު ސިހުމެއް ލިބިގެން ދިޔައީ. ނަސީބު ވަރަށް ރަނގަޅަށް ދިމާވީ،" ކޭޓީ ވިދާޅުވި އެވެ.


އޮމާންގެ ފްލައިޓުން ރާއްޖޭގެ ރައްތައް ބަލާލަން އައި ކޭޓީ ފުރަތަމަ ރާވައިފާ ވަނީ ހުޅުމާލޭ ގެސްޓް ހައުސް އެއްގައި ހުންނަން ށެވެ. ނަމަވެސް އެމްއެމްޕީއާރްސީ އިން ފަރާތުން އޭނާ އަށް ލިބުނު ހަދިޔާ ތަކުގެ ތެރެއިން ރިސޯޓެއްގައި ވެސް ހޮލިޑޭ ހަދާލަން ވަނީ ފުރުސަތު ލިބިފަ އެވެ.