ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅަށާއި އިދިކޮޅު ޕީޕީއެމްގެ އޮފީހަށް ގެއްލުން ދީފި އެވެ.
ފުލުހުން މިއަދު ބުނީ ރައީސް ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީހަށް ގެއްލުން ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"އެ މައްސަލަ ފުލުހުން މިދަނީ ބަލަމުން،" މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ނުދީ ފުލުހުން ބުނެފައިވެ އެވެ.
ރައީސް ޔާމީންގެ ގެކޮޅަށް ބަޔަކު ގެއްލުން ދީފައި މިވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަ ނުބަލާ ކަމަށް އިދިކޮޅުން ތުހުމަތު ކުރަމުން ދަނިކޮށެވެ.
ރައީސް ޔާމީން މިމަހުގެ ތެރޭގައި ރަސްމީކޮށް ޓްވިޓާ ބޭނުންކުރަން ފެއްޓެވި ކަމަށް އެމަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކު ވެސް ޓްވިޓާގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެ ހަރަކާތް ނުހުއްޓާނެ ކަމަށް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.