އެސްޓީއޯ

އެސްޓީއޯ އިން ހިިއްސާއަކަށް ބަހާ އަދަދު 65 ރުފިޔާ އަށް މަތިކޮށްފި

އެސްޓީއޯގެ ސާފު ފައިދާ އިތުރުވުމާއެކު ހިއްސާދާރުންނަށް މިދިޔަ އަހަރުގެ ފައިދާ އިން ބަހާ އަދަދު ވެސް މަތިކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެ ކުންފުނީގެ ބޯޑުން ވަނީ އަންނަ އަހަރު ހިއްސާއަކަށް 65ރ. ބަހަން ނިންމާފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ފަސް ރުފިޔާގެ އިތުރުވުމެކެވެ. ނަމަވެސް، މިގޮތަށް ބަހާނީ އާއްމު ހިއްސާދާރުންނަށް ހުޅުވާލައިގެން ބާއްވާ އަހަރީ އާއްމު ޖަލްސާ އިން ފާސްކޮށްގެންނެވެ.

އެސްޓީއޯގެ ބޯޑުން ރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 65ރ. ބަހާށެވެ.

މި ބަދަލާއެކު މިއީ ތިން އަހަރު ހިއްސާގެ ފައިދާ އިތުރުވުމެކެވެ. އެ ކުންފުނިން މިދިޔަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 60ރ. އެވެ. އަދި ބޮޑު ގެއްލުމެއް ކުރިމަތިވި ކޮވިޑުގެ އަހަރު ވެސް ހިއްސާއަކަށް 58ރ. ބަހާފައިވެ އެވެ.

ރާއްޖެ އަށް ތެލާއި ބޭސް އެތެރެކުރާ އެސްޓީއޯ އަށް ޓެކްސް އަށް ކެނޑުމަށްފަހު މިދިޔަ އަހަރުގެ ސާފުގެ ގޮތުގައި 33 ޕަސެންޓު ވަނީ ލިބިފަ އެވެ.