އެމްއެމްއޭ

އެމްއެމްއޭގެ ސްކޮލާޝިޕަށް ހުޅުވާލައިފި

May 13, 2022

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން -- އެމްއެމްއޭގެ ސްކޮލާޝިޕް ޕްރޮގްރާމަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެމްއެމްއޭ އިން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ އިނގިރޭސިވިލާތުގައި އެކްޗޫރިއަލް ސައިންސްގެ ދާއިރާ އިން ޕޯސްޓް ގްރެޖްއޭޓް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތެކެވެ.

އެއް އަހަރު ދުވަހުގެ މިސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްކޮލާޝިޕާ ގުޅޭ ހުރިހާ ހަރަދެއް ވެސް ކުރުމަށް ހަމަޖެހިފައިވަނީ މަރުކަޒު ބޭންކް -- އެމްއެމްއޭ އިންނެވެ.

ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރަންޖެހޭ ފޯމް އެމްއެމްއޭގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ސްކޮލާޝިޕަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އަދި އިންޓަވިއު ކުރުމަށްފަހު މާކްސް ދީގެންނެވެ.