ދުނިޔެ

ސްވިޑަން އާއި ފިންލޭންޑް ނޭޓޯއާ ގުޅެން ތާއީދެއް ނުކުރަން: އުރުދުޣާން

ރަޖަޕް ތައްޔިބު އުރުދުޣާން (މ) ފޮރިން މިނިސްޓަރު މެވްލޫތު ޗަްވަސޯލޫ (ވ) އަދި އުރުދުޣާންގެ އަނބިކަނބަލުން އަމިނެ ގުރުބަރަން
0%
0%
0%

ފިންލޭންޑާއި ސްވިޑަން ނޭޓޯއާ ގުޅުމަކީ ތުރުކީ ތާއިދުކުރާނެ ކަމެއް ނޫން ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ސްވިޑަން އާއި ފިންލޭންޑަކީ ވެސް ޓެރަރިސްޓް ޖަމާއަތްތަކަށް މަދަދުވެރިވާ ދެގައުމެވެ. އޭނާ އަދި ވިދާޅުވީ ޓެރަރިސްޓުންނަށް ހިމާޔަތްދޭ ބަޔަކު ނޭޓޯއާ ގުޅުމަކީ ތުރުކީއަށް އަތްމައްޗަށް ނެގޭނެ ކަމެއް ނޫން ކަމަށެވެ.

ނޭޓޯ ފުޅާކުރުމާ ހަގީގަތުގައި ތުރުކީ ދެކޮޅެއް ނޫނެވެ. އެހެން ނަމަވެސް، ސަބަބެއް އޮވެގެން ތުރުކީން ދެކޮޅު ހަދައިފި ނަމަ ސްވިޑަން އާއި ފިންލޭންޑަށް ނޭޓޯގައި ބައިވެރިވުން ތަކުލީފަކަށް ވާނެ އެވެ.

ސްވިޑަން އަދި ހުޅަނގު ޔޫރަޕްގެ ބައެއް ގައުމުތަކުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރާ ކަމަށް ތުރުކީ ބުނަނީ، ޓެރަރިސްޓުން ގޮތުގައި ތުރުކީ ލޭބަލްކުރާ ޖަމާއަތްތަކަށް އެގައުމުތަކުން އެހީތެރިވެ ހިމާޔަތް ދެމުން ދާތީ އެވެ.

ސީރިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް، ކުރުދީންނާއި އެޖަމާއަތާ ގުޅުން އޮންނަ އަސްކަރީ ގޮފިތައް އަދި 2016 ގައި ތުރުކީއަށް އަސްކަރީ ބަޣާޥާތެއް ގެންނަން އުޅުނު ފަތުއްލާ ގުލެންއަށް ވާގިވެރިވާ ޖަމާއަތްތައް ތުރުކީން ލޭބަލްކޮށްފައި ވަނީ ޓެރަރިސްޓުންގެ ގޮތުގަ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ފިންލޭންޑާއި ސްވިޑަން ނޭޓޯއާ ގުޅެން ކުރާ މަސައްކަތް ވަރަށް ގާތުން ބައްލަވާނެ އެވެ. އަދި ނޭޓޯ ކުރިން ހަދާފައި ހުރި ކަހަލަ ގޯސްތައް ތަކުރާނެ ނުކުރާނެ ކަމަށް އުރުދުޣާން ވިދާުވި އެވެ.

ނޭޓޯއިން ގުރީކަށް މެމްބަރުކަން ދިނުމަކީ އެޖަމާއަތުން ހެދި ވަރަށް ބޮޑު ހޯގެއް ކަމަށް އުރުދުޣާން ވިދާވި އެވެ. ތުރުކީ އާއި ގުރީކަށް ނޭޓޯ މެމްބަރުކަން ލިބުނީ މީގެ 70 އަހަރު ކުރިން، 1952 ގައެވެ.

އުރުދުޣާން ވިދާޅުވީ ޓެރަރިސްޓުންނަށް ހިތްވަރުދޭ ގައުމުތަކަށް ނޭޓޯ މެމްބަރުކަން ދިނުމަކީ ގޯހަކަށް ވާނެ ކަމަށާއި ސްކޭންޑިނޭވިއަން ގައުމުތަކުގައި ޓެރަރިސްޓުންނަށް ގެސްޓްހައުސް އަޅާދީފައި ހުންނަ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބައެއް ގައުމުތަކުގެ ޕާލަމެންޓްގައި ވެސް ޓެރަރިސްޓް ޖަމާއަތްތައް ހިންގާ މީހުން ތިބި ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345