ރާއްޖެ ކުޅިވަރު

ޑިފެންސް ވަރަށް ގޯސް: ގައުމީ ކޯޗު

ސެމީ ފައިނަލުގައި އިންޑިޔާ އަތުން ރާއްޖެ މިއަދު ބަލިވި މެޗުގައި ދިވެހި ޓީމުގެ ޑިފެންސް ލައިން ކުޅުނީ ވަރަށް ގޯސް ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމަކީ ވަރަށް ޒުވާން ޓީމެއް ކަމަށާއި ގިނަ މެޗުތައް ކުޅޭ ވަރަކަށް ރާއްޖޭގެ ޓީމު ރަނގަޅުވާނެ ކަމަށެވެ.

"އަހަރުމެންނަށް އެއްވެސް ވަރަކަށް ފުރުސަތު ނުއުފެއްދޭ. ޑިފެންސްލައިނުން ވަރަށް ގިނަ މިސްޓޭކެ ހެދި. އަހަރެން ވަރަށް ދެރަވޭ ޓީމު ބަލިވުމުން. އެކަމަކު މިއީ ޒުވާން ޓީމެއް. މި މުބާރާތަށް ފަހު އަހަރުމެން ކުޅެންޖެހޭ ބަނގްލަދޭޝް މުބާރާތުގައި. މިފަދަ މެޗުތައް ކުޅެެގެން ޓީމު ރަނގަޅުވާނީ،" ނިއުޒީލޭންޑްގެ ކުރީގެ ކޯޗު ބުންޏެވެ.

ކޯޗު އަދި ބުނީ އިންޑިޔާ އާއި އަފްގާނިސްތާން ފަދަ ޓީމު ތަކަކީ ވަރުގަދަ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ތިބި ދެ ޓީމު ކަމަށާއި ރާއްޖެ އެހިސާބަށްދާން ބަދަލުތަކެއް ބޭނުންވާ ކަމަށެވެ.

މިއީ ސެމީ ފައިނަލުގައި އިންޑިޔާ އަތުން ރާއްޖެ ޖެހިޖެހިގެން ބަލިވި ތިން ވަނަ ފަހަރެވެ. 2011 ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި އޮތް މުބާރާތުން ރާއްޖެ ބަލިވީ 3-1އިންނެވެ. އަދި ނޭޕާލްގައި 2013 ވަނަ އަހަރު އޮތް މުބާރާތުން ރާއްޖެ ބަލިވީ 2-0އިންނެވެ. މީގެ އިތުރުން 2009 ވަނަ އަހަރު ރާއްޖެ ކެޓީ އިންޑިޔާގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ.