ބޮލީވުޑް

އަނޭރީ "އަނޫޕަމާ" ދޫކޮށްލަނީތަ؟

ކަލާޒް ޗެނަލުން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ "ޚަތުރޯން ކޭ ކިލާޅީ"ގެ 12 ވަނަ ސީޒަންގައި ޓީވީ ތަރި އަނޭރީ ވިޖަން ބައިވެރިވާން އޭނާ ދާދިފަހުން ވަނީ އިއުލާން ކޮށްފަ އެވެ.

އަނޭރީ ބުނި ގޮތުގައި ޝޯގައި ބައިވެރި ވެވުނީތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.

"އަހަރެން އަބަދުވެސް އާކަންތައްތައް ތަޖުރިބާ ކުރާހިތްވޭ. އެހެންވެ މި ޝޯގައި ބައިވެރިވެގެން ވަރަށް ގިނަ އާ ކަންތައްތަކެއް ކުރަން ލިބޭނެތީ ވަރަށް ހިތްހަމަޖެހޭ،" އަނޭރީ ބުންޏެވެ،

މި ޝޯގައި އަނޭރީ ބައިވެރިވާ ޚަބަރަކާއެކު އޭނާ އާއި އޭނާ ބައިވެރިވާ ސިލްސިލާ "އަނޫޕަމާ"ގެ ފޭނުންގެ ހިތުގައި ވަރަށް ބޮޑު ސުވާލެއް ވަނީ އުފެދި ފައެވެ. ޝޯގައި ބައިވެރިވާން އަނޭރީ ފުރައިގެން ސައުތު އެފްރިކާ އަށް ދާންޖެހޭތީ އޭނާ "އަނޫޕަމާ" އިން ވަކިވަނީތޯ އެވެ؟

އަނޭރީ އަކީ "އަނޫޕަމާ"ގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށްވާ އަނޫޖް ކަޕާޑިއާގެ ކޮއްކޮ މަލްވިކާ (މުއްކޫ)ގެ ރޯލު ކުޅޭ އެކްޓަރެވެ. މިއީ ވެސް ޝޯ އަށް މުހިއްމު ކެރެކްޓާއަކަށް ވާތީ އަނޭރީ ވަކިވެއްޖެނަމަ އެ ކެރެކްޓާ އަށް ވާނީ ކިހިނެއްތޯ ވެސް ޝޯގެ ފޭނުން ސުވާލު އުފައްދާފައި ވެއެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި ރޯހިތު ޝެޓީ ހޯސްޓްކުރާ "ޚަތުރޯން ކޭ ކިލާޅީ"ގެ 12 ވަނަ ސީޒަންގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ މި ހިނގާ މޭ މަސް ނިމޭ ހިސާބުގަ އެވެ. އޭގެ ކުރިން ޝޯގެ ބައިވެރިން ސައުތު އެފްރިކާ އަށް ފުރާނެ އެވެ. އެހާތަނަށް އަނޭރީ ހަދާ ގޮތެއް ބެލުމަށް އޭނާގެ ފޭނުން ދަނީ އިންތިޒާރު ކުރަމުންނެވެ.