މަސްވެރިން

މިފްކޯ އަށް މިދިޔަ އަހަރު މަސްވެރިކަމުން 1.2 ބިލިއަން

މިދިޔަ އަހަރު މަސްވެރިކަމުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯ އަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އަށް މިދިޔަ އަހަރު މަސްވެރިކަމުން 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު އެއް ބިލިއަން ރުފިޔާއާ އަޅާބަލާނަމަ 17 ޕަސެންޓުގެ އާމްދަނީ އިތުރުވުމެކެވެ.

މިދިޔަ އަހަރު އަހަރު 58,250 މަސް ގަނެ މަހާއި މަހުގެ އުފެއްދުންތައް ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މިފްކޯގެ ތާރީހުގައި އެންމެ ގިނައިން މަސް އެކްސްޕޯޓް ކުރި މި އަހަރުގައި އެ ކުންފުންޏަށް ބޭރު ފައިސާގެ ގޮތުގައި ބޮޑު އަދަދެއް ވެސް ލިބިފައިވެ އެވެ.

އެސްޓީއޯގެ މާލީ ރިޕޯޓުގައިވާ ގޮތުން މިފްކޯގެ މަސް ގަތުމުގެ ގާބިލްކަން އިތުރު ކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ ދެ އުޅަނދެއް ވަނީ ހޯދާފަ އެވެ.

އެ ކުންފުނިން މިދިޔަ އަހަރު 2500 މެޓްރިކް ޓަނުގެ މަދާ ވެސަލް އަކާއި 100 މެޓްރިކް ޓަނުގެ އުޅަނދެއް ވަނީ ހޯދާފަ އެވެ. މިދިޔަ އަހަރު ހަތަރު އައިސް ޕްލާންޓެއް ވަނީ ހުޅުވާފަ އެވެ. މި ތަންތަނުން 25 ޓަނާއި 50 ޓަނާ ދެމެދު އަދަދަކަށް އައިސް އުފައްދަ އެވެ. މި ޕްލާންޓްތައް ހުޅުވާފައިވަނީ ރ. މަޑުއްވަރި އާއި ހއ. ހޯރަފުށި އަދި ކ. ގާފަރުގެ އިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕެކްސްގަ އެވެ.