ބޭންކް އޮފް މޯލްޑިވްސް

އަލަށް ބީއެމްއެލްގެ ކާޑު ހަދާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް

ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާނެ އެވެ. މީގެ އިތުރުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން ބޭންކުން އެންމެ ފުރަތަމަ ބަލައިގަންނަ 200 ކާޑަށް ކޭޝްބެކް ދިނުމަށްވެސް ހަމަޖެހިފަ އެވެ. މިގޮތުން ކޮންމެ ކާޑަކަށް ކޭޝްބެކްގެ ގޮތުގައި 2،500 ރުފިޔާ ދިނުމަށް ވެސް ނިންމާފައިވެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ. މީގެ އިތުރުން މި ޕްރޮމޯޝަނުގެ މުއްދަތުގައި ބޭންކުން އެންމެ ފުރަތަމަ ބަލައިގަންނަ 2000 ކާޑަށް ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ވެސް ލިބޭނެ އެވެ. މިގޮތުން ކޮންމެ ކާޑަކަށް 3000 ރިވޯޑްސް ޕޮއިންޓް ލިބޭނެ އެވެ.

ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި، ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގްބޫލް ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބެ އެވެ.

ބީއެމްއެލްެ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތްތައް ބަލައިގަންނަ ބޭންކެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެ އެވެ.