އެމްޓީސީސީ

އެމްޓީސީސީ އޭޖީއެމްއަށް ރަޖިސްޓްރީވުން މިރޭގެ ނިޔަލަށް

May 17, 2022

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާއްމު ޖަލްސާއަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 20:30 ގެ ނިޔަލަށް އޮންނާނެ އެވެ.

އެމްޓީސީސީ އިން ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ނިންމައިފި ރަޖިސްޓްރީ ވާން ހުޅުވާލާފަ އެވެ.

މި އަހަރުގެ އޭޖީއެމް ބާއްވަން ތައްޔާރު ވަމުން ދަނީ ކުރުނބާ މޯލްޑިވްސްގަ އެވެ. އަދި އޮންލައިންކޮށް ވެސް މި އޭޖީއެމްގެ ބައެއް ކުރިއަށްދާނެ އެވެ. މި އަހަރުގެ އޭޖީއެމް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 264 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާރުގައި ޖުމުލަ 625.70 މިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާ: 408.76 މިލިއަން ރުފިޔާ) ވިޔަފާރި ކޮށްގެން 66.51 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި (2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާ: 98.77 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.