މޯލްޑިވްސް ޕޮލިސް ސާވިސް

ފާހާނާތެރޭ ފިލާ ހުއްޓާ ޣައްފާރު ހައްޔަރު ކޮށްފި

އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނު ކުރި މީހާ ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ކ. މާލެ / މއ. ލެއްގި، އަބްދުލްޣައްފާރު އަބްދުލްޣަފޫރު (34އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޢަބްދުލްޣައްފާރު ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި މިއަދުގެ 5:12 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަަށް ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނި ނަމަވެސް އޭނާ ހައްޔަރުކޮށް ތަހުގީގު ހިންގާ މައްސަލައިގެ ތަފްސީލެއް ނުދެއެވެ.