ރާއްޖެ ކުޅިވަރު

ބާސެލޯނާގެ ކީޕަރު ލިވަޕޫލަށް ގެންނާކަށް ނޫޅެން: ކޯޗު

ބާސެލޯނާގެ ޖަރުމަނު ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ލިވަޕޫލަށް ގެންނަންއުޅޭ ވާހަކަ ކޯޗު ޖާގެން ކްލޮޕް ދޮގުކޮށްފި އެވެ.

މި ސީޒަނުގެ ކުރީކޮޅު ލިވަޕޫލާ ހަވާލުވި ކޯޗު ބުނީ ޓާސްޓެގަން އަކީ މޮޅު ކީޕަރެއް ކަމަށާއި ނަމަވެސް ލިވަޕޫލްގެ އެއްވަނަ ކީޕަރު ބެންޖިއަމް ސިމޯން މިގްނޮލެޓާ މެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.

"ނޫން. އެއީ ތެދު ވާހަކައެއްނޫން. އަހަރެން ވަރަސް ހިތްހަމަޖެހޭ އަހަރެންގެ ކީޕަރު ސިމޯން މިގްނޮލޭއާމެދު. އޭނާ އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން،" ކްލޮޕް ބުންޏެވެ.

ނަމަވެސް އިނގިރޭސި ނޫސްތަކުން ބުނަނީ މިގްނޮލެޓަށް ހުރިހާ މެޗެއްގައި އެއްފެންވަރަކަށް ނުކުޅެވޭތީވެ އޭނާގެ ބަދަލުގައި އެހެން ކީޕަރަކު ހޯދަން ލިވަޕޫލުން އުޅޭތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ.

ކްލޮޕް ޓީމާ ހަވާލުވި ފަހުން އަދި އެ ޓީމަށް ކުޅުންތެރިއަކު ނުގެނެ އެވެ.

ލިވަޕޫލް މި ވަގުތު އޮތީ އިނގިރޭސި ލީގުގެ ތާވަލުގެ އަށް ވަނާގަ އެވެ. އަދި ބައެއް މެޗުތަކުގައި ވަރަށް އާދައިގެ ޓީމުތައް އަތުން ބަލިވަމުންދާތީވެ ކްލޮޕް ވަނީ އޭނާގެ ކުޅުންތެރިން މިއަށްވުރެ ސީރިއަސްކޮށް ކުޅެންޖެހޭކަން ފާހަގަކޮށްފަ އެވެ.