ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދޭ ސިޔާސަތެއް އިފްތިތާހުކޮށްފި

May 18, 2022
ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް އެ ޕޮލިސީ އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ކުޅިވަރުގެ މައިދާނާއި އަދި ކުޑަކުދިން ޝާމިލްވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައިވެސް "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އަކީ އެ ކުދިންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް އެޅިގެންދާ އިތުރު ބާރަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާހްކުރުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕޮލިސީ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސްނަގައިގެން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)ގެ ބައިވެރިވުމާއެކު އެކުލަވާލި ޕޮލިސީ އެކެވެ.

މިރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވ މި ޕޮލިސީގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ރައްކާތެރިކަން ލިބުމުގެ އިތުރުން އެކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު އެކުދިންގެ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

މި ޕޮލިސީ އަކީ މުޅި ރާއްޖޭގައި ގައުމީ ފެންވަރެއްގައި ތަންފީޒުކުރާނެ ޕޮލިސީއެއް ކަން ފާހަގަކުރައްވައި މި ޕޮލިސީ ތަންފީޒުކުރުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުގެ ބައިވެރިވުން ފުރިހަމަ ގޮތުގައި ލިބޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މި ޕޮލިސީ އަކީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މި ޕޮލިސީ ތަންފީޒު ކުރުމުގައި އާއިލާތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި މުޅި މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ޗައިލްޑް ސޭފްގާޑިން ޕޮލިސީ އަކީ ރާއްޖޭގައި ކުޅިވަރުގެ ހަރަކާތްތަކުގައި ކުޑަކުދިން ރައްކާތެރިކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އަމަލުކުރާނެ ސިޔާސަތެވެ.

މި ޕޮލިސީ ބައްޓަންކޮށްފައި ވަނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345