ކާޑެއްދޫ އެއާޕޯޓް

ކާޑެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

May 18, 2022

ގދ. ކާޑެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލައި، 890 އަކަމީޓަރުގެ ސަރަހައްދެއްގައި ބަނދަރަށް ހާއްސަ ދުވާރެއް ހަދާނެ އެވެ.

ކާޑެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި 9.52 މިލިއަން ރުފިޔާ އަށެވެ.

ކާޑެއްދޫގައި ހިންގާ އެއާޕޯޓްގެ ބޭނުންތަކަށް ހަދާފައިވާ ބަނދަރު ތަރައްގީކުުރުމުގެ މަސައްކަތް ފަށާފައި މިވަނީ ބަނދަރުގެ ތޮށިގަނޑު ހަލާކުވެ ވެއްޓުމާ ގުޅިގެންނެވެ.