ފޮރިން މިނިސްޓްރީ

ރާއްޖެއިން ސައިޕްރަސްއަށް އޮނަރަރީ ކޮންސުލްއެއް ކަނޑައަޅައިފި

May 18, 2022

ދިވެހިރާއްޖެއިން ސައިޕްރަސްއަށް އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅަކު ކަނޑައަޅައިފި އެވެ.

މި މަގާމަށް އައްޔަންކޮށްފައިވަނީ ސައިޕްރަސްގެ ރައްޔިތެއް ކަމަށްވާ އެލިއާސް އީދު ނަމަކަށް ކިޔާ ބޭފުޅެކެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެލިއާސް އަށް މަގާމު ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ.

ކޮންސުލްގެ އެންމެ މުހިއްމު އެއް މަސައްކަތަކީ އެ ބޭފުޅަކު ހުންނަވާ އެ ގައުމުތަކަށް އެކި ބޭނުންތަކަށް ޒިޔާރަތްކުރާ އަދި ދިރިއުޅޭ މީހުންނަށް ދިމާވާ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ދިވެހިރާއްޖެ އިން ގިނަ ގައުމުތަކަކަށް ސަފީރުންނާއި ނޮން ރެޒިޑެންޓް ސަފީރުން ގިނަ އަދަދަކަށް އައްޔަންކޮށްފައިވީ ނަމަވެސް ރާއްޖެ ތަމްސީލް ކުރުމަށް ކޮންސުލްގެ މަގާމަށް އެހާ ގިނަ ބޭފުޅުން އައްޔަންކޮށްފައެއް ނުވެ އެވެ.