ބޮލީވުޑް

ޅައިރުގެ 'ކްރަޝް' އަކީ ޗަންކީ: ފަރާ ޚާން

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު-ކޯރިއޯގްރާފަރު ފަރާ ޚާންގެ ޅައިރުގެ 'ކްރަޝް"އަކީ ޗަންކީ ޕާންޑޭ އެވެ.

ފަރާ ހޯސްޓްކުރާ ކޮމެޑީ ގޭމް ޝޯ "ޚަތުރާ ޚަތުރާ ޝޯ"ގެ އެންމެ ފަހު އެޕިސޯޑަށް ފަރާ ވަނީ ޗަންކީގެ ދަރިފުޅު އަދި ބަތަލާ އަނަންޔާ ޕާންޑޭ އަށް ދައުވަތު ދީގެން ގެނެސްފަ އެވެ. ޗަންކީ އަކީ އޭނާ ޅައިރު އެންމެ ހިތް އެދުނު މީހާކަން ފަރާ ހާމަ ކުރީ މި ޝޯގަ އެވެ.

އަނަންޔާ ކައިރީ ފަރާ ބުނި ގޮތުގައި އޭނާގެ ހިތް ކިތަންމެ ބޮޑަކަށް ޗަންކީ އަށް ދެވިފައި އޮތް ނަމަވެސް ޗަންކީއާ ލޯބިގެ ގޮތުން ނުގުޅި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތީ މިހާރު ވަރަށް އުފާ ކުރެ އެވެ.

ފަރާ ބުނި ގޮތުގައި 1990ގެ އަހަރުތަކުގައި އޭނާ އެންމެ ލޯބިވީ ޗަންކީ ދެކެ އެވެ. އޭރުވެސް ޗަންކީ އުޅެނީ އަނަންޔާގެ މަންމަ ބާވްނާ ޕާންޑޭއާ ރައްޓެހިވެގެން ކަމަށާއި ޗަންކީއާ އެކު ފިލްމުތަކުގައި މަސައްކަތްކުރާހިތް އޮތްލެއް ބޮޑުކަމުން އެންމެ ފަހުން ބާވްނާ އެކުވެރިކަން ގާއިމުކުރި ކަމަށް ވެސް ފަރާ ބުންޏެވެ.

ޗަންކީއާ ކައިވެނި ކުރީތީ ފަރާ ވަނީ ބާވްނާ އަށް ޝުކުރު އަދާކޮށްފަ އެވެ. ސަބަބަކީ އޭނާއަށް ޗަންކީ ދެކެވާ ލޯބިން ސަލާމަތް ވެވުނީ ބާވްނާ އާއި ޗަންކީ ކައިވެނި ކުރުމުން ކަމަށް ވީތީ އެވެ.