ހއ. މާރަންދޫ ސްކޫލާއި ހއ. މޮޅަދޫ ސްކޫލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. ކުންފުނިތަކުގެ ފަރާތުން ސޮއި ކުރެއްވީ އެ ތަންތަނުގެ ވެރިންނެވެ.
މާރަންދޫ ސްކޫލުގައި ދެ ފަންގިފިލާގެ އިމާރާތެއް ހެދުމަށް ހަވާލުކޮށްފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.
މި މަސައްކަތް ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 7.9 މިލިއަން ރުފިޔާ އެވެ.
މޮޅަދޫ ސްކޫލުގައި ތިން ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑަށެވެ. މި މަސައްކަތް ހަވާލުކުރީ 118 ދުވަހުގެ ތެރޭގައި ނިންމަން ޝަރުތުކޮށް 4.8 މިލިއަން ރުފިޔާގެ އަގަކަށެވެ.