ލައިފްސްޓައިލް

95 އަހަރުގައި މީހެއްގެ އަލަތު ކައިވެނި

ލޯބިވެގެން ކައިވެނި ކުރަން ވަކި އުމުރެއް އޮންނާނެ ހެއްޔެވެ؟ މުޖުތަމައުގައި އާދަވެ ކަން ހިނގާ ގޮތަށް ބަލާއިރު އާނއެކެވެ. ޒުވާން އުމުރުގެ މީހުން ނޫނީ އާންމުކޮށް މީހަކު ދެކެ ލޯބިވެގެން ކައިވެނިކޮށެއް ނޫޅެ އެވެ. ނަމަވެސް އާދަކޮށް ކަން ހިނގާ ގޮތާ ތަފާތު ކޮށް ވެސް ބައެއް ފަހަރު ކަންކަން ހިނގަ އެވެ. އުމުރުން 95 އަހަރު ވެފައިވާ މި ފިރިހެން މީހާގެ ކައިވެންޏަކީ މިފަދަ ކައިވެންޏެކެވެ.

މި ފިރިހެން މީހާ އަށް އޭނާގެ ހުވަފެންތަކުގެ ރާނީ ލިބުނީ އުމުރުން 95 އަހަރު ވީ ފަހުންނެވެ. ހަމަ ލިބުމާއެކު އަވަހަށް ކައިވެނި ކުރީ އެވެ. ކައިވެނިކުރާކަށް ވަކި އުމުރެއް ނޯންނާނެކަން ސާބިތުކޮށްދެމުންނެވެ.

އިނގިރޭސިވިލާތުގެ ޖޫލިއަން މޮއިލް އަށް ފުރަތަމަ ފަހަރަށް އޭނާގެ މިހާރުގެ އަންހެނުން ވެލެރީ ވިލިއަމްސް، 84، އާ ބައްދަލުވީ މީގެ 23 އަހަރު ކުރިންނެވެ. ޔޫކޭގައި ހުރި ފައްޅިއަކުން ދެ މީހުން އެ ފަހަރު ބައްދަލުވިޔަސް އޭގެ އެތައް އަހަރެއް ފަހުން ދެ މީހުންނަކީ ދެމަފިރިންނަށް ވެދާނެ ކަމަކަށް އެމީހުން ޚިޔާލަކަށް ވެސް ނުގެނެ އެވެ.

ވެލެރީ ކައިރީގައި ޖޫލިއަން ކައިވެންޏަށް އެހީ މި އަހަރުގެ ފެބްރުއަރީ ގައެވެ. ކައިވެނިކުރީ މި ހިނގާ މޭ މަހުގެ 19 ވަނަ ދުވަހު އެވެ. ކައިވެނި އޮތީ އެމީހުން ފުރަތަމަ ބައްދަލުވި ފައްޅީގަ އެވެ.

މި ކައިވެނީގެ ރަސްމިއްޔާތުގައި ދެ މީހުންގެ އާއިލާ އާއި އެކުވެރިންގެ ތެރެއިން 40 މީހުން ބައިވެރިވި އެވެ.

ޖޫލިއަން ބުނި ގޮތުގައި އެމީހުން ހަނީމޫނަށް ދާނީ އޮސްޓްރޭލިޔާ އަށެވެ. އެއީ ވެލެރީގެ އުފަން ގައުމަކީ އެއީ ކަމަށް ވާތީ އެވެ.