ގދ.ލޮނުދުހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ގދ.ލޮނުދުހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ގދ.ތިނަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަަށައިފި ކަމަަށެވެ. އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް، ތިނަދޫ ފަޔާ ސްޓޭޝަނުގެ ފަޔާމަނުން މިހާރު ދަނީ އެ ރަށަށް ދަތުރު ކުރަމުން ކަމަަށްވެސް ބުންޏެވެ.
ލޮނުދުހުއްޓާއަކީ ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ފެށާ ނަމަވެސް މަސައްކަތް މިވަގުތު ހުއްޓިފައި އޮތް މީހުން ދިރިނޫޅޭ ރަށެކެވެ.