އެމްޓީޑީސީ

އެމްޓީޑީސީން ހިއްސާއަކަށް 60 ލާރި ބަހަން ބޯޑުން ފާސްކޮށްފި

May 27, 2022
1

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ ފާއިދާއިން ހިއްސާއަކަށް 60 ލާރި ބަހަން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެމްޓީޑީސީގެ ބޯޑުގެ ނިންމުމާ އެއްގޮތަށް ހިއްސާގެ ފައިދާ ބެހޭނީ އެކުންފުނީގެ އާންމު ޖަލްސާއިން ބޯޑުގެ ނިންމުން ފާސްކުރުމުންނެވެ.

އެމްޓީޑީސީން 2019 ވަނަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް ބެހީ 50 ލާރި އެވެ. އެއީ 11 ފަހުން އެ ކުންފުނިން ހިއްސާގެ ފައިދާ ބަހަން ނިންމި ފުރަތަމަ ފަހަރެވެ. އަދި މިދިޔަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގައި 2020 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 70 ލާރި ބަހާފައިވެ އެވެ.

އެމްޓީޑީސީން އުފެއްދީ އާންމު ރައްޔިތުންގެ ބައިވެރިވުން ޓޫރިޒަމްގައި އިތުރުކުރަން ނަމަވެސް އެ ކުންފުނި އުފެއްދި މަގުސަދާ އެއްގޮތަށް ކުންފުނި ނުހިނގާ އޮތުމަށްފަހު މިދިޔަ ތިން އަހަރު ވަނީ އެމްޓީޑީސީ އަށް ފައިދާ ވާން ފަށާފަ އެވެ.