އައިޝަތު ނަހުލާ

މިނިސްޓަރު ނަހްލާގެ އަސްބާގެ އެހީތެރިކަން ގުރައިދޫ މަރުކަޒަށް

May 28, 2022
މިނިސްޓަރު ނަހްލާގެ އަސްބާގެ މެންބަރުންނާއި މެޑިކަލް ޓީމުގެ ބޭފުޅުން ގުރައިދޫ މަރުކަޒުގެ ބޭރުގައި މަޑުކޮށްލައިގެން -- ފޮޓޯ: އަސްބާ
100%
0%
0%

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އިސްވެ ހުންނަވައިގެން ހިންގަވާ އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ)ގެ ފަރާތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ޒިޔާރަތްކޮށް އެތަނުގައި ތިބޭ މީހުންނަށް ހާއްސަކޮށްގެން މެޑިކަލް ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ.

އެ ޖަމިއްޔާގެ މެންބަރުން މިދިޔަ ބުރާސްފަތި ދުވަހު ގުރައިދޫ އަށް ކުރި މި ދަތުރުގައި ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުންނާއި، ނަރުހުންގެ ޓީމެއް މަރުކަޒަށް ގެންގޮސްފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ވެސް ބައިވެރިވެވަޑައިގެންނެވި މިދަތުރުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިނިސްޓަރު އައިޝާ މިދަތުރުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރު ނަހްލާގެ ދައުވަތަކަށެވެ.

މިދަތުރުގެ ބޭނުމަކީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން ސިއްހީ ފަރުވާ ބޭނުންވާ މީހުން ދެނެގަނެ އެމީހުންނަށް ފަރުވާދީ، އެ މަރުކަޒުގެ ހާލަތު ގާތުން ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކެއް ބެލުން ކަމަށް އަސްބާ އިން މައުލޫމާތުދެ އެވެ.

އަސްބާ އަކީ މުޖުތަމައުގައި ހާއްސަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަށާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ގާއިމުކޮށް އެހީތެރިކަން ފޯރުކޮށްދީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާ އެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345