މިނިސްޓްރީ އޮފް ހެލްތު

ގުރައިދޫ މަރުކަޒު ހެލްތުމިނިސްޓްރީގެ ދަށަށް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު،
0%
0%
0%

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހެލްތު މިނިސްޓްރީގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓަރުގެ ލަފާފުޅާ އެކު، ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ އިހްތިސާސްގެ ތެރެއިން ހިންގާ ގޮތަށް ބަދަލުކުރަން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުންގެ ލަފާފުޅާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ ގުރައިދޫ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ބަދަލުކުރުމާ ގުޅޭ ގޮތުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި ފުޅާދާއިރާއެއްގައި ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު އެވެ.

ނަފްސާނީ ފަރުވާދިނުމަށް ހާއްސަ ކޮށްގެން ހަދާފައިވާ ގުރައިދޫ މަރުކަޒު ކުރިން ހިންގަމުން އައީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ނުވަތަ ކުރީގެ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ.

މި ނިންމުމާ އެކު، އެ މަރުކަޒު ހިންގުމުގެ ބަޖެޓާއި މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިބި މުވައްޒަފުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެ އެވެ.

ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން އެންމެ ފަހުން ބުނި ގޮތުގައި، ގުރައިދޫ މަރުކަޒުގައި މިވަގުތު 219 މީހުން އެބަތިއްބެވެ. މީގެތެރޭގައި ހިމެނެނީ ނަފުސާނީ މައްސަލަތަކަށް ފަރުވާ ހޯދަމުންދާ 183 މީހުންނާއި އުމުރުން ދުވަސްވީ 31 މީހުންނާއި އެނދުމަތިވެފައިވާ 15 މީހުންނެވެ.

ގުރައިދޫ މަރުކަޒަށް ގެންދާ މީހުންނަށް ފަރުވާދީ ރަނގަޅު ވިޔަސް އާއިލާތަކުން އެ މީހުންނާ ހަވާލުނުވާ މައްސަލަ އަބަދުވެސް ބޮޑެވެ. އަދި އަޅާލާނެ ބަޔަކު ނުވެގެން އުމުރުން ދުވަސްވީ އެތައް ބަޔަކު ވެސް އެ މަރުކަޒަށް ގެންގޮސްފައި އެބަތިއްބެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345