އެލައިޑް އިންޝުއަރެންސް

އިމާރާތާއި މުދާ ނުރައްކަލުން ސަލާމަތް ކުރެވިދާނެ

May 29, 2022

މާލޭގައި އިމާރާތްކުރުމުގެ ސިނާއަތު ކުރިއަރާ، އޭގެ ތެރެއިން އެތައް އިމާރާތެއްގައި އޮފީސްތަކާއި ފިހާރައާއި ގުދަން ހިންގަމުން ދެއެވެ. މީހުން ދިރިއުޅެމުން ވެސް ދެއެވެ. އެންމެ އިމާރާތެއް ވެސް އެތައް ބައެއްގެ މަސްލަހަތާ ގުޅެއެވެ. ދިމާވާ ކުޑަ ކަމަކުން ވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުން އެކަށީގެންވެ އެވެ.

އަލިފާނުގެ ހާދިސާއެއް ނުވަތަ އެހެންވެސް ނުރައްކަލެއްގެ ސަބަބުން ޕްރޮޕަޓީއަކަށް ލިބިދާނެ ގެއްލުމަކުން އިންޝުއާވުމަށް އެލައިޑް އިންޝުއަރަންސްގެ ފަޔަ އެންޑް އެޑިޝަނަލް ޕެރިލްސް އިންޝުއަރަންސް ނަގައިފި ނަމަ، ޔަގީނުން ވެސް ފައިދާ ބޮޑުވާނެއެވެ.

ފަޔާ އެންޑް އެޑިޝަނަލް ޕެރިލްސް އިންޝުއަރަންސަކީ އަލިފާނުގެ ހާދިސާތަކުގެ އިތުރުން، ވަކިވަކި ބައެއް ނުރައްކާތަކުން ކޮމާޝަލް އެކްޓިވިޓީއެއް ހިންގާ އިމާރާތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އަދި ފިހާރައާއި އޮފީސް ފަދަ ތަންތަން ހިންގާ އިމާރާތެއްގައި މީހުން ދިރިއުޅޭ ޔުނިޓުތައް ހުރިނަމަ ވެސް މި ޕްލޭނުގެ ދަށުން އެތަންތަން ކަވަރުކޮށްދޭނެއެވެ.

މިސާލަކަށް އަލިފާނުގެ ހާދިސާތަކުގެ އިތުރުން އެއްޗެއް ގޮވުން، ގަސްތުގައި ބަޔަކު ގެއްލުން ދިނުން، ފެންބޮޑުވުން، ފެންހޮޅި ފަޅައިގެން ގޮސް ގެއްލުން ވުން ނުވަތަ ގުދުރަތީ ގޮތުން ހިނގާ ހާދިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމަށް ކްލެއިމް ކުރެވޭނެ އެވެ. މީގެ އިތުރުން އިމާރާތުގެ ތެރެއަށް ގަދަކަމުން މީހަކު ނުވަތަ ބަޔަކު ވަދެ ވައްކަން ކޮށްފިނަމަ އެކަމުގެ ތެރޭގައި އިމާރާތަށް ލިބިފައިވާ ގެއްލުންތަކާއި ވަގަށް ގެންދިޔަ އެއްޗެއްސަށް ކަވަރޭޖު ލިބޭ އެކްސްޓެންޝަނެއް ވެސް ޕްލޭނަށް އިތުރުކުރެވިދާނެ އެވެ.

މި ޕްލޭނުން ރައްކާތެރިކަން ލިބެނީ އިމާރާތުގެ އިތުރުން އެތެރޭގައި ހުރި މުދަލަށެވެ. އޭގެ ތެރޭގައި އިމާރާތުގައިވާ ތަފާތު ޕާމަނަންޓް ފިކްސްޗާތަކާއި ފިޓިންގްސް، ފަރުނީޗަރު، ވިޔަފާރި މުދާ އަދި މެޝިނަރީ ހިމެނެ އެވެ. މީގެ އިތުރުން އިމާރާތަކީ ކުއްޔަށް ދީގެން އާމްދަނީ ހޯދަމުން ގެންދާ އިމާރާތެއް ނަމަ، ގެއްލުމާ ގުޅިގެން ގެއްލޭ ނުވަތަ ހުއްޓޭ ކުލީގެ އާމްދަނީ ވެސް މި ޕްލޭނުން ކަވަރުކޮށްދޭނެއެވެ. އަދި އިމާރާތުގެ އާކިޓެކްޓް އަދި ސާވޭ ފީތައް ވެސް ކަވަރުކޮށްދޭނެއެވެ.

މިއީ ވަރަށް ފުޅާ އަދި ފައިދާ ބޮޑު ޕްލޭނެއް ކަމުން، ދިމާވެދާނެ ނުރައްކާތެރި ހާލަތެއް ނުވަތަ ހާދިސާއަކުން ތިޔަބޭފުޅުންގެ އިމާރާތްތަކަށާއި އޭގައިވާ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުން މުހިންމެވެ.

އިމާރާތަށް ފަޔަ އެންޑް އެޑިޝަނަލް ޕެރިލްސް އިންޝުއަރަންސް ޕޮލިސީއެއް ހޯދުމަށް ޓަކައި އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނަ ޕްރޮޕޯޒަލް ފޯމް ފުރުމަށް ފަހު ހުށަހަޅުއްވާށެވެ.
މި ޕްލޭން ނެންގެވި ނަމަވެސް، ހާދިސާ އަކުން ލިބިދާނެ ގެއްލުމެއް ވީހާވެސް ކުޑަކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ ވެރިފަރާތުގެ ޒިންމާއެއްކަން ހަނދާން ބަހައްޓަން ވާނެ އެވެ. އަދި ހަމަ އެހެންމެ ހާދިސާއެއް ކުރިމަތިވާ ހިނދު، ވީ އެންމެ އަވަހަށް، ކަމާބެހޭ ފަރާތްތަކަށާއި އެލައިޑަށް އެކަން ރިޕޯޓް ކުރުމަކީ ސަމާލުކަންދިނުން ވަރަށް މުހިންމު ކަމެކެވެ.