މީހުން

ފެށީ ހިތްހަމަޖައްސާލަން، މިހާރު ވިޔަފާރިއެއް!

ނައުމާ އަބްދުއްﷲ
0%
0%
0%

ނައުމާ އަބްދުއްﷲ (ނައު) އަކީ އައްޑު އަތޮޅު މީދޫ ގައި ދިރިއުޅެމުންއަންނަ އަންހެނެކެވެ. ގަސް ހެއްދުމަށް އޭނާގެ އޮތް ލޯބި ވިޔަފާރިއަކަށް ބަދަލު ވާނެ ކަމަށް ކުރީން އުންމީދު ނުކުރި ނަމަވެސް، މިހާރު އެ ޝައުގު ވިޔަފާރިއަކަށް ބަދަލުވެ ރަނގަޅު އާމްދަނީއެއް ލިބެ އެވެ. މިހާރުވެސް 300 ވުރެ ގިނަ މާގަސް ގޭގެ ގޯތިތެރޭގައި ނައު ހައްދާފައި އެބަހުއްޓެވެ.

އެކި ވައްތަރުގެ މާގަސްތަކާއި ބަގީޗާ ގަހާއި ކެކްޓަސް އަދި ގިނަ ބަޔަކު ހައްދަން ބޭނުންވާ ޕެޓޫނިޔާގެ އެކި ކުލަތައް ނައުގެ ގޭގެ ގޯތިތެރޭ ހުރެ އެވެ. އެއީ އެ ރަށުގެ ނިސްބަތުން ވަރަށް ބޮޑު ބަގީޗާއެކޭވެސް ބުނެވިދާނެ އެވެ. ނައުގެ މި މަސައްކަތުގެ އަސްލަކީ ކުޑަ އާއިލާ އެވެ.

އޭނާ ބުނި ގޮތުގައި ހިތްހަމަ ޖައްސާލުމުގެ ގޮތުން ފެށި އެ މަސައްކަތް ފުޅާވެ، ރީތި ކުލަތަކުގެ މާގަސް އަދި ބަގީޗާގަސް ވިއްކުމަށް
އޮންލައިންކޮށް "ނައުޒާނާ - އައްޑޫމީދޫ" ގެ ނަމުގައި މަސައްކަތް ފެށީ އެވެ.

މީދޫ "ނައުޒާނާ" ފިހާރައަކީ ނައުގެ ދެމަފިރިން ހިއްސާވާ ފިހާރައެކެވެ. ރާއްޖޭގައި ކޮވިޑް ފެތުރި ލޮކްޑައުން ކުރުމުގެ ކުރީން އެ ފިހާރައިން ހެނދުނުގެ ނާސްތާއާއި އިންޓަވަލްގެ ބާވަތްތައް ވެސް ތާޒާކަމާއެކު ނައު ދިނެވެ.

އަދްޑޫމީދޫގައި ހުންނަ ނައުމާ ދިރިއުޅޭ ގޭގެ ދޮރުމަތި / ފޮޓޯ ނައުމާ

ވިޔަފާރީގެ މަސައްކަތުގެ އިތުރުން ނައުއަކީ އައްޑޫމީދޫ ޑަބްލިއުޑީސީގެ ހިންގުންތެރިއެއްވެސް މެއެވެ. އަދި ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައި ފިރިމީހާގެ އެހީއާއެކު ދަނޑުވެރިކަން ކުރުމަށް އަމިއްލަ ދަނޑެއް ގެންގުޅެ އެވެ. އުންމީދަކީ ދަނޑުން ގޭގެ ބޭނުންތަކަށް އެކި ބާވަތްތަކުގެ މިރުހާއި ފަތްފިލާވެއްޔާއި އަދި ކެޕްސިކަމް ކާން ލިބޭ ލިބުން ބޮޑުކޮށް ފުޅާ ކުރުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910