ލައިފްސްޓައިލް

މަތިންދާބޯޓެއްގެ އިންޖީނަށް ދަމައިގަތް މީހަކު އަމިއްލައަށް މަރުވީ ކަމަށް ނިންމައިފި

އެމެރިކާގެ ޓެކްސަސްގެ އެއާޕޯޓެއްގެ ރަންވޭ މަތީ އޮތް މަތިންދާބޯޓެއްގެ އިންޖީނުގެ ތެރެއަށް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ދަމައިގަނެ އެމީހާ މަރުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި މި ހާދިސާގައި އުމުރުން 27 އަހަރުގެ މި މީހާ މަތިންދާބޯޓުގެ އިންޖީނު ތެރެއަށް ދަމައިގަތީ އެ ބޯޓު ޖެއްސިތާ މާ ގިނައިރެއް ނުވެ ބޯޓުގެ އިންޖީނާ މާ ކައިރިއަށް ދިއުމުންނެވެ.

މި މީހާގެ މަރާ ގުޅިގެން އެއާޕޯޓުތަކުގައި ރައްކާތެރިކަން ހުރި މިންވަރާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ވަރަށް އޭނާގެ މަރުގެ ތަހުގީގުން މީހުން ހީނުކުރާ ކަހަލަ ކަމެއް ވަނީ އެނގިފަ އެވެ. އެއީ އެމީހާ އަމިއްލައަށް މަރުވާން ވެގެން މަތިންދާބޯޓުގެ އިންޖީނާ ކައިރިއަށް ގަސްތުގައި ދިޔައީ ކަމެވެ.

"މަތިންދާބޯޓުގައި ވެސް އެއާޕޯޓުގައި ވެސް އޮޕަރޭޝަނަލް ސެކިއުރިޓީ މައްސަލައެއް ނޫޅޭ،" މިކަމާ ގުޅޭ ތަހުގީގަށް ފަހު ހޯމަ ދުވަހު އޮފިޝަލުން ނެރުނު ބަޔާނުގައި ވެއެވެ.

ޑެލްޓާ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެއާލައިންގައި މަސައްކަތްކުރި މުވައްޒަފެއްގެ ފުރާނަ މިފަދަ ގޮތަކަށް ދިއުމުން ވަރަށް ދެރަވެ ހިތާމަކުރާ ކަމަށެވެ.