އުރީދޫ

އުރީދޫ އެމް ފައިސާ އިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ފަށަނީ

އުރީދޫ އެމް- ފައިސާ އިން ފަށަން ތައްޔާރުވާ އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތާ ބެހޭ ގޮތުން މައުލޫމާތު ދެނީ -- ފޮޓޯ: އުރީދޫ
0%
0%
0%

އުރީދޫ މޯލްޑިވްސް އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތް ފަށަން ތައްޔާރު ވެއްޖެ އެވެ.

އުރީދޫން ބޭނުން ކުރާ ޑިޖިޓަލް ވޮލެޓެއް ކަމަށްވާ "އެމްފައިސާ" މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ފަށަން ތައްޔާރުވުމުގެ ގޮތުން މިއަދު ވަނީ ޓެސްޓް ކުރަން ޓްރަޔަލްއެއް ފަށާފަ އެެވެ.

އުރީދޫ އަށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސަންސް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން "ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު"ގެ ދަށުން މި އަހަރު ކުރީކޮޅު އެ ކުންފުންޏަށް ވަނީ ދީފަ އެވެ.

ލައިސަންސް ދޫކުރެވުނު ދުވަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ސިސްޓަމްތައް ބައިނަލްއަގްވާމީ ޕާޓްނަރުންނާއި އިންޓަގްރޭޓްކޮށް، މި ސިސްޓަމްގެ ތަފާތު ޓެސްޓުތައް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުން އެމް-ފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބައިނަލްއަގުވާމީ މަނީ ޓްރާންސްފާގެ ހިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ މޮބައިލް މަނީ ދާއިރާ އިން ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއެކެވެ.

އުރީދޫން އެމް ފައިސާއާ ބެހޭ ގޮތުން މައުލޫމާތު ދެނީ -- ފޮޓޯ: އުރީދޫ

މިހާރު އުރީދޫން ފަށަން ތައްޔާރުވާ ހިދުމަތާއެކު ކުރިއަށް އޮތްތަނުގައި މި ހިދުމަތް ރަސްމީކޮށް ތައާރަފްވުމުން، އެމް-ފައިސާ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް ކޮންމެތާކުން، ކޮންމެ ވަގުތަކު ވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވާލެވޭނެ އެވެ. އެމް-ފައިސާ ވޮލެޓުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނީ ދިވެހި ރުފިޔާ އިންނެވެ. އަދި ފައިސާ ލިބޭ ފަރާތްތަަކަށް ފައިސާ ލިބޭނީ އެ މީހެއްގެ އެކައުންޓަށް ނުވަތަ ޑިޖިޓަލް ވޮލެޓްތަކަށް ޑޮލަރު ނުވަތަ އެ ގައުމެއްގެ ފައިސާ އިންނެވެ.

އުރީދޫ އެމްފައިސާ ކުރުކޮށް

  • އުރީދޫއަކީ އެމްއެމްއޭއިން ހުއްދަ ދީފައިވާ ކުންފުންޏެއް
  • މި ހިދުމަތާއެކު ބޭރަަށް ފައިސާ ފޮނުވުމުގެ ހިދުމަތް ފަސޭހަ ވެގެންދޭ
  • އެމް ފައިސާ އިން ބޭރަށް ފައިސާ ފޮނުވާނީ ދިވެހި ރުފިޔާއިން
  • ފައިސާ ރައްދުވާ މީހާއަށް ލިބޭނީ ޑިޖިޓަލް ވޮލެޓަށް ނޫނީ އެކައުންޓަށް
  • ފައިސާ ލިބޭނީ ޑޮލަރު ނުވަތަ އެ ގައުމެއްގެ ފައިސާއިން

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫން ކުރާ ދަތުރުގައި މި އަދަކީ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ މުއާމަލާތްތަކާއި ފުރުސަތުތައް ފަހިކޮށްދިނުން. އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ރަސްމީކޮށް އިފްތިތާހު ކުރުމާއެކު ފަސޭހަކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މާލީ ފުރުސަތުތައް ފުޅާވެ، ކޮންމެތާކު އަދި ކޮންމެ ވަގުތަކު ވެސް ބޭރު ގައުމުތަކުގައި ދިރިއުޅުއްވައި އާއިލާ އާއި ރައްޓެހިންނަށް ފައިސާ ޓްރާންސްފާ ކުރުމުގެ ފަސޭހަކަން ލިބިގެންދާނެ،" ނިޔާޒު ވިދާޅުވި އެވެ.

އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެމް-ފައިސާ ވޮލެޓަށް ރަޖިސްޓާ ކޮށްލުމުން ފައިސާ ފޮނުވޭނެ އެވެ.

މި ޕްރޮޖެކްޓާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކާއި ވިޔަފާރިތަކަށް ޑިޖިޓަލް މާލީ ހިދުމަތްތައް އިތުރަށް ފަހިކޮށްް، އީޖާދީ ޕޭމަންޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910