ކީރިތި ގުރުއާން

ތުރުކީގެ ގުރުއާން މުބާރާތެއްގައި ރާއްޖެ ބައިވެރިވަނީ

Jun 2, 2022

ތުރުކީގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ގުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފި އެވެ. އެއީ އަންނަ ސެޕްޓެމްބަރު މަހުގެ 29 އިން އޮކްޓޫބަރު 10 އަކަށް ބާއްވާ މުބާރާތެކެވެ.

އެ މުބާރާތުން ރާއްޖެއަށް ފުރުސަތު ދީފައި ވަނީ ދެ ކެޓެގަރީއެއްގައި ބައިވެރިވާށެވެ. އެއީ އަލަށް ގުރުއާން ހިތުދަސް ކޮށްފައިވާ ކެޓަގަރީ އާއި ތަޖުވީދަށް ރުއާން ކިޔެވުމުގެ ކެޓަގަރީ އެވެ. ކޮންމެ ކެޓަގަރީއެއްގައި ވެސް ރާއްޖެއަށް އޮތީ އެއް ފުރުސަތެވެ.

މަރުކަޒުން ބުނާ ގޮތުގައި ރާއްޖެއިން ބައިވެރި ކުރާނީ 18 އަހަރާއި 35 އަހަރާއި ދެމެދު، އަދި ކުރިން އެފަދަ މުބާރާތެއްގައި ބައިވެރިވެ އެއް ވަނަ ހޯދައިފައި ނުވާ މީހުނެވެ.