ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ލައްކައަކަށް ވުރެ ގިނަ ފައިޒާ ޑޯޒް ހަދިޔާކޮށްފި

Jun 4, 2022

ފައިޒާ ވެކްސިންގެ އިތުރު އެއްލައްކަ އަށް ވުރެ ގިނަ ޑޯޒް އެމެރިކާ އިން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

ފައިޒާ ވެކްސިންގެ 100،620 ޑޯޒް އެމެރިކާ އިން ހަދިޔާކުރީ އދ. އިން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "ކޮވެކްސް" ފެސިލިޓީގެ ދަށުންނެވެ.

އެމެރިކާ ސަރުކާރުން މީގެކުރިން ވަނީ ޔޫއެސްއެއިޑް މެދުވެރިކޮށް ކޮވިޑް 19އާ ގުޅުންހުރި އެހީތައް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އެގޮތުން ހަތް މިލިއަނެއްހާ ޑޮލަރުގެ އެހީ ދީފައިވެ އެވެ.

އެމެރިކާ އިން މިހާތަނަށް ފައިޒާ ވެކްސިންގެ 439،920 ޑޯޒު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. މީގެއިތުރުން އެމެރިކާ އިން ވަނީ ރާއްޖެއަށް 60 ވެންޓިލޭޓަރު ވެސް ހަދިޔާކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް 398،682 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. ދެވަނަ ޑޯޒް 384،183 މީހުން ޖަހާފައިވާއިރު 160،911 މީހުން ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.