ފައިސަލް ނަސީމް

ނައިބް ރައީސް ފުވައްމުލަކަށް ވަޑައިގެންފި

Jun 4, 2022
1

ދެ ދުވަހުގެ މުއްދަތަށް ނައިބް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ބައިސްކަލު ދުވަހުގެ ހަރަކާތެއްގެ ގޮތުން އެ ސިޓީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ނޯ ވެހިކަލް އަވާ" ބައިސްކަލު ބުރުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބާއްވާ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ޓޭބަލް ޓެނިސް ހޯލުގެ އިމާރާތް ހުޅުވައިދެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

‎އެ މަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ވަގުތެއްގަ އެވެ.