އެމްއެސްއެސް

އެމްއެސްއެސް އިން ކާގޯ ބޯޓެއް ގެނެސްފި

Jun 8, 2022
1

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ރާއްޖޭގެ ކުންފުންޏަކުން މިހާތަަނަށް ދުއްވާ އެންމެ ބޮޑު ބޯޓު ގެނެސްފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ ބޮޑު ހިއްސާއެއް އޮންނަ އެމްއެސްއެސް އިން އިއްޔެ ރާއްޖެ ގެނެސްފައިވަނީ ބޮޑު ބޯޓެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ 41،500 ޓަނުގެ މުދަލާއެކުގަ އެވެ.

ސަރުކާރުގެ ޝިޕިން ކުންފުނިން ބުނެފައިވާ ގޮތުގައި މި ބޯޓުން ދުބާއީ އިން ރާއްޖެއާ ދެމެދު ކޮންމެ 20 ދުވަހަކުން ދަތުރު ކުރަމުން ގެންދާނެ އެވެ. މި ބޯޓަކީ ބަލްކް ރެއިއާ- ވަތަށް ކާގޯ އޮއްސަައިގެން- ގެންނަ ބޯޓެވެ.

އެމްއެސްއެސް އިން ވަނީ މި ބޯޓުގެ އިތުރުން އިތުރު ބޯޓެއް ވެސް ގެންނަން މަސައްކަތް ކުރަމުންނެވެ. އެމްއެސްއެސް ގްރިފީންގެ ނަން ދީފައިވާ މި ބޯޓު ބޭނުން ކުރާނީ ސިންގަޕޯރާއި މެލޭސިޔާއިން މުދާރާއްޖެ ގެންނައުމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯ އާއި އެފްއެސްއެމްގެ ހިއްސާ އޮންނަ އެމްއެސްއެސްއަށް ފައިދާވަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.