ލައިފްސްޓައިލް

ޕްރިންސް ވިލިއަމް: ދަރިން ލިބުމުން ޖަޒުބާތުތައް އިތުރުވެފައި

ބައްޕައަކަށްވުމަކީ ކޮންމެ މީހަކަށް ވެސް ލިބޭނެ ބޮޑު އުފަލެކެވެ. އެތަކެއް ޖަޒުބާތުތަކެއް ތިމާއަށް ކުރުވާނެ ކަމެކެވެ. ބުރަ ދިރިއުޅުމުން ވީއްލި، ގޭގައި މަޑުކޮށްލަން ބޭނުންވާ ވަގުތައް މިކަމުން އިތުރުވެ އެވެ. ދަރިންނާއެކު ވަގުތު ހޭދަކުރުން ވަނީ ބައްޕައަކަށް އެންމެ ހިންހަމަޖެހުން ލިބޭނެ ކަމަކަށެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޕްރިންސް ވިލިއަމްސްއަށް ވެސް މި ހިންހަމަޖެހުން މިހާރު ވަނީ ލިބިފައެވެ. ދެ ދަރިންގެ ބައްޕަކަމުގައިވާ ޕްރިންސް ވިލިއަމްސް ވިދާޅުވާ ގޮތުގައި ބައްޕައަކަށް ވުމުން އޭނާ މާ ބޮޑަށް ޖަޒުބާތީ ވެވި، ދިރިއުޅުމަކީ ކިހާ އަގުހުރި އެއްޗެއްކަން އިހްސާސް ކުރެވެއެވެ.

ދުނިޔަވީ ކަންކަން އެނާގެ ދިރިއުޅުމަށް އަސަރުކުރަން ފެށީ ޕްރިންސް ޖޯޖް އާއި ޕްރިންސެސް ޗާލެޓް އުފަންވި ފަހުން ކަމަށް 33 އަހަރުގެ ޕްރިންސް ވިދާޅުވިއެވެ. މިހާރު "ކުދި ކުދި ކަންކަމަށް" ބޮޑު އަހަންމިއްޔަތު ކަމެއް ދެވޭ ކަމަށް، އެނާގެ ބައްޕަގެ "ޕްރިންސް ޓްރަސް ޗެރިޓީ" ގެ އައި ޓީވީ ޑޮކުމެންޓްރީ ގައި ވާހަކަ ދައްކަމުން އޭނާ ވިދާޅުވިއެވެ.

"އަހަރެން އުންމީދު ކުރިން އަހަރެންގެ ދަރިން މި "ޓްރަސްޓް" އާ ހަވާލުވާނެކަމަށް" ޕްރިންސް ޗާލްސް ވިދާޅުވިއެވެ. "އަހަރެން ކުރިއަށްވުރެ ޖަޒުބާތީވެއްޖެ" އިވެންޓްގެ ޕްރެސެންޓުންނާ ވާހަކަ ދައްކަމުން ޕްރިންސް ވިލިއަމްސް ވިދާޅުވެފައިވެއެވެ.

"އަހަރެން ކުރީގައި އެހާ ކަންކަމާ ވިސްނި، ދެރައެއް ނުވޭ. އެކަމަކު މިހާރު ބައްޕައަކަށްވި ފަހުން ކުދި ކުދި ކަންކަން މުހިންމުވެ، ދުނިޔޭގައި ހިނގަމުންދާ ކަންކަމުން މާބޮޑަށް މިހާ އަށް އަސަރު ކުރާހެން ހީވޭ."

" ދިރިއުޅުމަކީ ކިހާ އަގުހުރި އެއްޗެއްކަން ދެނެގަނެވި، އެއާމެދު ހުރިހާ ނަޒައްރިއްޔާ ތަކުން ބެލެން ފެށީ، ދަރިން ހެދި ބޮޑުވުމުން އަންނަ ދުވަސްވަރު އެކުދިންނާ އެކީ ވަގުތު ހޭދަނުކުރެވެން ފެށުމުން" ޕްރިންސް ވިލިއަމްސް އިތުރަށް ވިދާޅުވިއެވެ.