މޯލްޑިވްސް ޕޯޓްސް ލިމިޓެޑް -- އެމްޕީއެލް އިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
އެމްޕީއެލްގެ ވަޒީފާ ތަކަށް ހުޅުވާލާފައި މިވަނީ އެ ކުންފުނީގެ އޮޕަރޭޝަން ފުޅާކޮށް ހިދުމަތް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގަ އެވެ.
އެމްޕީއެލް އިން އިއުލާންކޮށްފައިވާ ވަޒީފާ ތަކަށް ހޮވޭ މީހުންނަށް މަހަކު 8،000 ރުފިޔާއާއި 12،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ދިނުމަށް ހުށަހަޅާފައިވެ އެވެ.
އިއުލާންކޮށްފައިވާ ވަޒީފާތަކާއި މުސާރަތައް:
- ސެކިއުރިޓީ އެސިސްޓެންޓް | މުސާރަ: 8،000 ރުފިޔާ - 10،000 ރުފިޔާ
- އެސިސްޓެންޓް އޮޕަރޭޓަރު | މުސާރަ: 8،000 ރުފިޔާ - 10،000 ރުފިޔާ
- އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރު | މުސާރަ: 8،000 ރުފިޔާ - 10،000 ރުފިޔާ
- ކްރޫ | މުސާރަ: 10،000 ރުފިޔާ - 15،000 ރުފިޔާ
- ޑްރައިވަރު | މުސާރަ: 10،000 ރުފިޔާ - 15،000 ރުފިޔާ
- މެކޭނިކް | މުސާރަ: 10،000 ރުފިޔާ - 15،000 ރުފިޔާ
- ސެކިއުރިޓީ އެސިސްޓެންޓު | މުސާރަ: 10،000 ރުފިޔާ - 15،000 ރުފިޔާ
- އެސިސްޓެންޓް ސާވިސް އިންޖިނިއަރު | މުސާރަ: 10،000 ރުފިޔާ - 15،000 ރުފިޔާ
- އެސިސްޓެންޓް އިލެކްޓްރިޝަން | މުސާރަ: 14،000 ރުފިޔާ - 16،000 ރުފިޔާ
އެމްޕީއެލް އިން ހުޅުވާލާފައިވާ ވަޒީފާތަކަށް ހޮވޭ މީހުންނަށް ވަޒީފާއާ ގުޅޭ ތަމްރީންތައް ދިނުމަށް ނިންމާފައިވެ އެވެ.
ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.